ގެމަނަފުށީގެ ބިން ހިއްކައި ކޮލަމާފުށި ކައިރިއަށް އިންޓަގްރޭޓެޑް ޓޫރިޒަމް ގެންނަން މުއިއްޒުގެ ވައުދު
ގެމަނަފުށީގެ ބިން ހިއްކައި ކޮލަމާފުށި ކައިރިއަށް އިންޓަގްރޭޓެޑް ޓޫރިޒަމް ގެންނަން މުއިއްޒުގެ ވައުދު

ގއ. ގެމަނަފުށީގެ ބިން ހިއްކައި ކޮލަމާފުށި ކައިރީގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތައާރަފްކުރައްވާނެ ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގެމަނަފުށީގެ ބިން ހިއްކައި ކޮލަމާފުށި ކައިރިއަށް އިންޓަގްރޭޓެޑް ޓޫރިޒަމް ގެންނަން މުއިއްޒުގެ ވައުދު
ގެމަނަފުށީގެ ބިން ހިއްކައި ކޮލަމާފުށި ކައިރިއަށް އިންޓަގްރޭޓެޑް ޓޫރިޒަމް ގެންނަން މުއިއްޒުގެ ވައުދު

ރިޔާސީ ކެމްޕެއިނަށް ގއ. އަތޮޅަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ގެމަފުއްޓަށް ވަޑައިގެން މި ރަށަށް ގިނަ ވައުދުތަކެއް ވެ ވަޑައިގަތެވެ. ރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދެމުންދިޔަ ބިން ހިއްކުމުގެ މަޝްރޫއު އޭގެ ތެރޭގައި ހިމެނެ އެވެ.

ގެމަނަފުށީގެ ބިން ހިއްކައި ކޮލަމާފުށި ކައިރިއަށް އިންޓަގްރޭޓެޑް ޓޫރިޒަމް ގެންނަން މުއިއްޒުގެ ވައުދު
ގެމަނަފުށީގެ ބިން ހިއްކައި ކޮލަމާފުށި ކައިރިއަށް އިންޓަގްރޭޓެޑް ޓޫރިޒަމް ގެންނަން މުއިއްޒުގެ ވައުދު

މުއިއްޒު ވިދާޅުވި ގޮތުގައި ރަށުގެ ފަޅުން ބިން ހިއްކައި ގެދޮރުވެރިކަމުގެ މަޝްރޫއުއެއް އެތަނުގައި ހިންގައި، ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ އެވެ.

މީގެއިތުރުން ރިސޯޓް ތަރައްގީކުރަން ނިންމާފައިވާ ގެމަނަފުށީ ކައިރީގައި އޮންނަ މާރެހާ އަށް އިންވެސްޓަރުން ހޯދައި، އެ ތަން ތަރައްގީކޮށް ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ގޮތް ހަދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ގެމަނަފުއްޓަށްވީ އެހެން ވައުދުތައް:

- ބަނދަރު ބޮޑުކޮށް ތަރައްގީކުރުން

- ބޮޑެތި މަގުތައް ހެދުން

- މަލްޓި ޕާޕަސް ހޯލް

- ސިއްހީ މަރުކަޒު ތަރައްގީކުރުން

ގެމަނަފުއްޓަށްފަހު މުއިއްޒު ވަޑައިގެންނެވީ ކޮލަމާފުއްޓަށެވެ. ރަށުގެ ރައްޔިތުންނާ އެކު ބޭއްވި ވަރަށް ކުރު ބައްދަލުވުމެއްގައި މުއިއްޒު ވަނީ މި ރަށަށް ކޮށްދޭން ވިސްނާފައިހުރި ކަންކަން ވެސް ހާމަކުރައްވާފަ އެވެ. އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ފާހަގަކުރެއްވީ ރަށު ކައިރީގައިވާ ކެރެންދޫ ފަޅާއި މާވަރުފަޅުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތައާރަފްކުރުމެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމްގެ މަޝްރޫއުތަކުގައި އެއް ތަނެއްގައި ގިނަ ބަޔަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ފަހިވެ އެވެ.

އެ ތަން ތަރައްގީކޮށް އިންޓަގްރޭޓެޑް ޓޫރިޒަމަށް އިންވެސްޓްކުރަން ހުޅުވާލާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެއިތުރުން ރިސޯޓް ތަރައްގީކުރަން ނިންމާފައިވާ މާރަންދޫގެ މަސައްކަތް ނިންމައި، އެ ތަނުން ވެސް ވަޒީފާ އާއި އާމްދަނީ ހޯދޭނެ ގޮތްތައް ހޯދައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

- ކުނިމެނޭޖްކުރުން

- ޔޫތު ސެންޓަރެއް