ތ. އަތޮޅަށް ރައީސްގެ ވައުދަކީ ޓޫރިޒަމްގެ އުންމީދު!
ތ. އަތޮޅަށް ރައީސްގެ ވައުދަކީ ޓޫރިޒަމްގެ އުންމީދު!

ތ. އަތޮޅުގައި ޓޫރިޒަމް ފުޅާ ކުރުމުގެ މަސައްކަތް ކުރައްވަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވައުދުވެވަޑައިގެންފި އެވެ.

ތ. އަތޮޅަށް ރައީސްގެ ވައުދަކީ ޓޫރިޒަމްގެ އުންމީދު!
ތ. އަތޮޅަށް ރައީސްގެ ވައުދަކީ ޓޫރިޒަމްގެ އުންމީދު!

ތިމަރަފުށީ ޖަގަހަ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖެ އަށް ގެންނަ ބޮޑު ބަދަލާ އެކީގައި އަމާޒު ހިފާފައި އޮތް އެއް ކަމަކީ ޓޫރިޒަމް އެކި ސަރަހައްދުތަކަށް ފުޅާކޮށް، ހުޅުވާލުން ކަމަށެވެ.

ނަމަވެސް ތ. އަތޮޅަކީ އޭގެ ނަސީބު މިހާތަނަށް ލިބިފައިވާ އަތޮޅެއް ނޫން ކަމަށާއި މަދު ރަށެއް ނޫނިއްޔާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކޮށްފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ތިމަރަފުށީގައި އެއާޕޯޓެއް އޮތް ނަމަވެސް އެ ތަން އެންމެ ރަނގަޅަށް ހިނގައިގަނެވޭނީ ވެސް މި ސަރަހައްދަށް ޓޫރިޒަމް ގެނެސްގެން ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން މި ރަށު ރައްޔިތުން އެދޭ ގޮތަށް ބިން ހިއްކާ އިރު ތިމަރަފުއްޓާ އެކުވެފައި އޮތް ހިލިއަންފުށީގައި ޓޫރިޒަމް ފައްޓަން ނިންމާފައިވާ ކަމަށާއި ކުރިޔަށް އޮތްތަނުގައި އެ ރަށުގައި ސިޓީ ހޮޓަލެއް އަޅަން އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ކަނިމީދޫ ވެސް ޓޫރިޒަމަށް ހުޅުވާލައި ރިސޯޓަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ވޭމަންޑު އަށް ކޮށްދެން ނިންމާފައިވާ ކަންކަމުގެ ތެރެއިން ވެސް ޓޫރިޒަމަށް ވިސްނައި ކައިރިން އިތުރު ރަށްތަކެއް އެ ސިނާއަތަށް ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

- ބަނދަރު ތަރައްގީ ކުރުން.

- އިތުރު މަގުތަކުގައި ތާރު އެޅުން.

- ކަނިމީދޫ ޓޫރިޒަމަށް ހުޅުވާލުން.

- ފުޓުބޯޅަ ދަނޑުގައި ލައިޓު ހަރުކުރުން.