27 އޯގަސްޓް 2023 - 18:16
ތުރުކީގެ މަޝްހޫރު ރަހަމީރު "އެޓީ" ބިސްކޯދު, ޕިރަމިޑު ފިހާރަ ހިންގާ ކުންފުނި އޭރީޒްއިން ތައާރަފްކޮށްފި އެވެ.
އަލަށް ރާއްޖޭގެ މާކެޓަށް ނެރުނު "އެޓީ" ބްރޭންޑުގެ ބިސްކޯދުގެ އިތުރުން ވޭފާ އާއި އެކި ވައްތަރުގެ ކޭކު ޕިރަމިޑުގެ ހުރިހާ ފިހާރަތަކަކުން މިހާރު ލިބޭނެ އެވެ. "އެޓީ" ބްރޭންޑު ތައާރަފްކުރުމާ ގުޅިގެން މި ބްރޭންޑަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ޕިރަމިޑުގައި ވަނީ ފަށައިފަ އެވެ.
ޕްރޮމޯޝަނުގެ ދަށުން "އެޓީ" ބިސްކޯދުގެ ޗޮކްލެޓް ފްލޭވާ ފުރަތަމަ ގަންނަ 100 ކަސްޓަމަރުންނަށް ފަސް ކޭސް ގަތުމުން އެއް ކޭސް ހިލޭ ލިބޭނެ އެވެ.
"އެޓީ" ބްރޭންޑްގެ ބިސްކޯދަކީ 60 އަހަރުގެ ތަޖުރިބާއާ އެކު އެންމެ ޒަމާނީ މެޝިނަރީ އަދި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ ބިސްކޯދެވެ. "އެޓީ"ގެ ޕްރޮޑަކްޓުތަކަކީ ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކުގެ މާކެޓުތަކުގައި މަގުބޫލުކަން ހޯދާފައިވާ ޕްރޮޑަކްޓުތަކެކެވެ.
"އެޓީ"އަށް ވަނީ ޖަޕާނުން ދޭ ޓޯޓަލް ޕްރޮޑަކްޓިވިޓީ މެނޭޖްމަންޓު (ޓީޕީއެމް) އެވޯޑު ލިބިފަ އެވެ. މި އެވޯޑަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފެއްދުންތެރިކަން ކުރިއަރުވާ ކުންފުނިތަކަށް ދޭ ހާއްސަ އެވޯޑެކެވެ. އަދި މިއީ އުފެއްދުންތެރި ކަމުގައި ވަރަށް ހާއްސަ އާލާތްތައް ބޭނުން ކުރާ ކުންފުނިތަކަށް މަދުން ނޫނީ ނުލިބޭ އެވޯޑެކެވެ.
ޕިރަމިޑުން "އެޓީ" ބްރޭންޑުގެ ރަހަތައް އާއްމުންނަށް ދެއްކުމުގެ ގޮތުން ޓޭސްޓު ޓެސްިން އިވެންޓުތަކެއް މާލެ އާއި ހުޅުމާލެ އަދި އެކި ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފަ އެވެ.
"އެޓީ" ބްރޭންޑުގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރަކީ އޭރީޒް ކުންފުންޏެވެ.
ނޯޓު: މިއީ ޕިރަމިޑުގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.