ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ ރާއްޖެ ހަލަބޮލި ވާނެ: ރައީސް
ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ ރާއްޖެ ހަލަބޮލި ވާނެ: ރައީސް

މި ފަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރަން ޖެހޭ ކަމަށާއި ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ ގައުމު ވަރަށް ބޮޑަށް ހަލަބޮލިވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ ރާއްޖެ ހަލަބޮލި ވާނެ: ރައީސް
ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ ރާއްޖެ ހަލަބޮލި ވާނެ: ރައީސް

ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ކިނބިދު އަށް ވަޑައިގެން އެ މަނިކުފާނު ވިދާޅުވީ އުފާވެރި އަމާން ރާއްޖެއެއް ހޯދައި ދިނުމަށް ކުރާ މަސައްކަތުގެ އަމާޒު މިހާރު ހުރީ ރަނގަޅަށް ކަމަށެވެ.

ވަރަށް ގިނަ ރަށްރަށަށް މިހާތަނަށް ވަޑައިގެންފައިވާ ކަމަށާއި ކޮންމެ ރަށަކުން ވެސް ފެނިވަޑައިގަތީ އެމްޑީޕީއާ އެކީ ކުރިއަށް ދާ މަންޒަރު ކަމަށް ރައީސް ވިދާޅުވި އެވެ.

ކިނބިދޫ ރައްޔިތުން ވެސް ހިޔާލު ތަފާތުވުން އެއް ފަރާތްކޮށް، އިންތިހާބުގައި އެ މަނިކުފާނަށް ވޯޓު ދޭން ރައީސް އެދިވަޑައިގަތެވެ.

"އެހެން ނޫން ނަމަ މި ދެވަނަ ބުރަކަށް ގޮސް އަނެއްކާވެސް ބޮޑު ހަލަބޮލި ކަމަކަށް މި ރާއްޖެ ގޮސްދާނެ. އެ ފުރުސަތު ނުދެއްވުން އެއީ ވިސްނަން ޖެހޭ ކަމެއް. އެ އަށް އެނބުރި ގޮއްސިއްޔާ ދެން ވެދާނެ ގޮތް ހީވެސް ނުކުރާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި 2008 ގައި ވެރިކަން ބަދަލުވި ފަހުން މެދުކެނޑުމެއް ނެތި ހައެއްކަ އަހަރު އެމްޑީޕީ މަގުމަތީ ތިބެން ޖެހުނެވެ. އޭގެ ފަހުން އަނެއްކާވެސް ވެރިކަމަށް އާދެވި، ރައްޔިތުންނަށް ވި ވައުދުތައް މެދުކެނޑުމެއް ނެތި ފުއްދަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

- ކިނބިދު އާއި ވޭމަންޑޫ ކޯޒްވޭ އަކުން ގުޅާލުން.

- ފުޓްސަލް ދަނޑު ނިންމުން.

- މަލްޓި ޕާޕަސް ހޯލް އިތުރު ކްލާސް ރޫމް އެޅުން.

- ކުޅިވަރު އެރީނާ އަޕްގްރޭޑްކޮށް އިތުރު ވަސީލަތްތަކާ އެކީ ހިދުމަތް ލިބޭ ގޮތް ހެދުން.

- ތާރު އެޅުން.