27 އޯގަސްޓް 2023 - 13:27

ފުލުހުން އެންގުމުން މަޑުނުކޮށް ދިޔަ މީހަކު 21،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޏ. ފުވައްމުލަކު މީހެއްގެ މައްޗަށް އެ ހުކުމް އައީ ޑިސެމްބަރު 2020 އޭނާ ސައިކަލުގައި ދުއްވާފައި ދަނިކޮށް މަޑުކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ގޮސްފައި ވާތީ އެވެ. އެ މައްސަލާގައި ދައުލަތުން އުފުލީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.
އޭނާ ކުށަށް އިއުތިރާފުވެ، ޖޫރިމަނާގެ އަދަބަކަށް ލުއިކޮށްދޭން އެދުނެވެ. އެ ކުށުގެ އަދަބަކީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވިޔަސް، އަދަބު ޖޫރިމަނާއަކަށް ބަދަލު ކުރުމުން ޖެހެނީ 21،600ރ. ގެ ޖޫރިމަނާ އެކެވެ.
މިިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި އޭނާއަށް އަންގާފައިވަނީ އެ ފައިސާ ތިން މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށެވެ.