މުއއްިޒަށް ފެނިވަޑައިގަތީ ޕީޕީއެމް/ޕީއެންސީ ނޫން ރަށްރަށުގެ މީހުންގެ ތާއީދު ވެސް ވަރަށް ބޮޑު ތަން!
މުއއްިޒަށް ފެނިވަޑައިގަތީ ޕީޕީއެމް/ޕީއެންސީ ނޫން ރަށްރަށުގެ މީހުންގެ ތާއީދު ވެސް ވަރަށް ބޮޑު ތަން!

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވަޑައިގަންނަވާއިރު އެންމެ ކުރިއްސުރެ ޕީޕީއެމް/ޕީއެންސީ ނޫން ރަށްރަށުން އެ ކޯލިޝަނާ އެއްކޮޅަށް ނުކުންނަ މީހުންގެ އަދަދު ވަރަށް ގިނަ ކަން ފާހަގަވާ ކަމަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއއްިޒަށް ފެނިވަޑައިގަތީ ޕީޕީއެމް/ޕީއެންސީ ނޫން ރަށްރަށުގެ މީހުންގެ ތާއީދު ވެސް ވަރަށް ބޮޑު ތަން!
މުއއްިޒަށް ފެނިވަޑައިގަތީ ޕީޕީއެމް/ޕީއެންސީ ނޫން ރަށްރަށުގެ މީހުންގެ ތާއީދު ވެސް ވަރަށް ބޮޑު ތަން!

މިދިޔަ ހުކުރު ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ، އެމްޑީޕީގެ ގިނަ ސަޕޯޓަރުން ތިބޭ ރަށްރަށުން ޕީޕީއެމަށް ތާއީދު ކުރާ މަންޒަރު ވަރަށް ބޮޑަށް ފެނިވަޑައިގެންނެވި ކަމަށެވެ.

"ގައިމު ވެސް ނުހުންނާނެ ވަޒީފާގެ ބިރަށް އަޅުގަނޑުމެންނާ އެއްކޮޅަކަށް. ގައިމު ވެސް މަޖުބޫރު ކޮށްގެން، ފައިސާ ދީގެން ނުކުތް މީހަކު ނުހުންނާނެ އެއްވެސް ރަށެއްގައެއް. ޓްރެޑިޝަނަލީ ޕީޕީއެމް ނޫން ބައެއް ރަށްރަށުން ވަރަށް ގިނައިން އެބަތިބި [ޕީޕީއެމަށް ތާއީދުކޮށް] ނުކުމެފައި. އަޅުގަނޑުމެންނަށް ތާއީދު ކުރޭ އެބަ،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކެމްޕެއިންގައި ފެނިވަޑައިގަންނަވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްދޭނެ ވެރިކަމަކަށް ބޭނުންވެފައި ތިބި ތަން ކަމަށެވެ. އެހެންވެ، ޕީޕީއެމް/ޕީއެންސީ އަށް އިތުބާރުކޮށް، އޭނާ އަށް ބޮޑު ތާއީދެއް ލިބޭނެ ކަން ޔަގީން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު އޭނާ އަށް ފުރަތަމަ ބުރުން ކާމިޔާބު ކުރެއްވޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެހާ ވަރަށް ރަށްރަށުން ތާއީދު ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވެފައި ތިބި ތަން ފެނޭ. މާޔޫސްކަމުގައި އެތައް ރަށެއްގެ ރައްޔިތުން އެ ތިބީ. އުންމީދުތައް ފެނަށް ގޮސްގެން. ބޭނުންވޭ ނަތީޖާ ނެރެދޭން. ރައްޔިތުން އަޑުއަހާނެ ފަރާތެއް ބޭނުންވޭ އެބަ. ރައްޔިތުންގެ ކަންކަމާއިގެން އުޅޭނެ ފަރާތެއް ބޭނުންވޭ. އެހެންވީމާ އަޅުގަނޑަށް ޔަގީން ރައްޔިތުން އެކަން އެ ގޮތަށް ނިންމަވާނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.