އުރީދޫ މަސްރޭހުގެ ފުވަައްމުލަކުގެ ޗެމްޕިއަންކަން ޓީމް "ރީފް ރައިޑާސް" އަށް
އުރީދޫ މަސްރޭހުގެ ފުވަައްމުލަކުގެ ޗެމްޕިއަންކަން ޓީމް "ރީފް ރައިޑާސް" އަށް

އުރީދޫ މަސްރޭހުގެ ފުވައްމުލަކުގެ ޗެމްޕިއަން ޓީމަކަށް ޓީމް "ރީފް ރައިޑާސް" ހޮވިއްޖެ އެވެ.

އުރީދޫ މަސްރޭހުގެ ފުވަައްމުލަކުގެ ޗެމްޕިއަންކަން ޓީމް "ރީފް ރައިޑާސް" އަށް
އުރީދޫ މަސްރޭހުގެ ފުވަައްމުލަކުގެ ޗެމްޕިއަންކަން ޓީމް "ރީފް ރައިޑާސް" އަށް

އެ ޓީމަށް ޗެމްޕިއަންކަން ލިބިފައި ވަނީ 1326.45 ޕޮއިންޓާ އެކު އެވެ. ފުވައްމުލަކު ސިޓީ މަސްރޭހުގެ ރަނަރަޕްކަން ހޯދީ 335 ޕޮއިންޓު ލިބުނު ޓީމް "ހާލީ"އަށެވެ. ތިން ވަނަ ހޯދީ 175.8 ޕޮއިންޓު ލިބުނު "މޮރި ބޮލް" ޓީމަށެވެ.

އުރީދޫ މަސްރޭހުގެ ފުވަައްމުލަކުގެ ޗެމްޕިއަންކަން ޓީމް "ރީފް ރައިޑާސް" އަށް
އުރީދޫ މަސްރޭހުގެ ފުވަައްމުލަކުގެ ޗެމްޕިއަންކަން ޓީމް "ރީފް ރައިޑާސް" އަށް

މި މުބާރާތުގެ އެންމެ ބަރު މަސް ބޭނީ "ރީފް ރައިޑާސް" ޓީމުގެ އަބްދުﷲ އިބްރާހިމެވެ. އޭނާ ވަނީ 8.05 ކިލޯގެ ރޫބީއެއް ބާނައިފަ އެވެ. މި ރޭހުގެ އެންމެ ގިނަ މަސް ބޭނީ ވެސް އަބްދުﷲ އިބްރާހިމް އެވެ. އޭނާ ވަނީ 17 މަސް ބާނައިފަ އެވެ.

ފުވައްމުލަކުގައި އޮތީ އުރީދޫ މަސްރޭހުގެ މި އެޑިޝަނުގެ އެންމެ ފަހު ރޭހެވެ. އުރީދޫއިން ހަތަރު ސިޓީގައި މި މުބާރަތް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މި މުބާރާތަށް ހޫނު ތަރުހީބެއް ލިބުނުކަމަށް އުރީދޫއިން ބުންޏެވެ.

މި އަހަރުގެ އުރީދޫ މަސްރޭހުގައި 83 ޓީމުން ބައިވެރިވި އެވެ. އެއީ މާލެއިން 34 ޓީމާއި ކުޅުދުއްފުށިން 23 ޓީމާއި އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ 13 ޓީމެވެ.