ރައީސްގެ ދައުވަތު އަފީފަށް: ކުރީ ގޮނޑިބަރިއަށް ވަޑައިގަންނަވާ
ރައީސްގެ ދައުވަތު އަފީފަށް: ކުރީ ގޮނޑިބަރިއަށް ވަޑައިގަންނަވާ

އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް އާ ޕާޓީ އާ ގުޅިވަޑައިގެން ހުންނެވި ހަސަން އަފީފް އަނބުރާ އެމްޑީޕީގެ ކުރީގެ ސަފަށް ވަޑައިގެން ސަރުކާރާ އެކު ޑިމޮކްރަސީގެ މަސައްކަތުގައި އުޅުއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދައުވަތު ދެއްވައިފި އެވެ.

ރައީސްގެ ދައުވަތު އަފީފަށް: ކުރީ ގޮނޑިބަރިއަށް ވަޑައިގަންނަވާ
ރައީސްގެ ދައުވަތު އަފީފަށް: ކުރީ ގޮނޑިބަރިއަށް ވަޑައިގަންނަވާ

ރައީސް، އަފީފަށް ދައުވަތު ދެއްވީ އޭނާ އިންތިހާބުވެފައިވާ ވިލުފުއްޓަށް ވަޑައިގެން އެ ރަށު އެމްޑީޕީ ޖަގަހާގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ދައުވަތު އަފީފަށް: ކުރީ ގޮނޑިބަރިއަށް ވަޑައިގަންނަވާ
ރައީސްގެ ދައުވަތު އަފީފަށް: ކުރީ ގޮނޑިބަރިއަށް ވަޑައިގަންނަވާ

ރައީސް ވިދާޅުވީ އެތަނުގައި ހުންނަވައިގެން ވާހަކަ ދައްކަވާއިރު އެމަނިކުފާނަށް ވަރަށް ބޮޑަށް އުނިވާ ކަމެއް އެބައޮތް ކަމަށެވެ. އެއީ އެމަނިކުފާނާ ވަރަށް ގާތް އަދި އިހްތިރާމް ކުރައްވާ އެ ދާއިރާގެ މެންބަރު އަފީފް ނެތުމުގެ އުނިކަން ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ އަފީފް ވިސްނާ ވަޑައިގެން އަނބުރާ އަޅުގަނޑުމެންނަށް ގުޅިވަޑައިގެން މި މަސައްކަތާ ބައިވެރިވާށޭ،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީއަށް ވަޑައިގެންފި ނަމަ ކުރީ ގޮނޑިބަރިން ޖާގަ އޮންނާނެ ކަމަށާއި އެއީ އަފީފަކީ އެ ޕާޓީ އަށް ވަރަށް ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އަފީފްމެން ފަދަ ބޭފުޅުންނަކީ އެމްޑީޕީގެ ތެރޭގައި އުފެދުނު ކުޑަ ކުޑަ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ދޫކޮށްލާނެ ބޭފުޅުންތަކެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މުސްތަގުބަލު އޮތީ އަޅުގަނޑުމެންނާ އެކީގައި،" އަފީފަށް އަމާޒު ކުރައްވައި ރައީސް ވިދާޅުވި އެވެ.

އަފީފް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ދެމެދު ޖެހުނު ހިޔާލުތަފާތުވުންތަކުގެ ތެރޭގައި އެންމެ ކުރިން ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަން ފެއްޓެވި މެންބަރެކެވެ. އޭނާ މިހާރު ގިނަ ފަހަރަށް ހުންނަވަނީ ނަޝީދު މަޖިލީހުގެ ރިޔާސަތު ނުބަލަހައްޓަވާތީ އެ މަގާމުގަ އެވެ.

މަޖިލިސް ހިންގަވާ ގޮތާ މެދު އެމްޑީޕީ މެންބަރުން އަފީފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެވެ.

އެހެން ނަމަވެސް ފަހަކަށް އައިސް ޑިމޮކްރެޓްސްގައި ތިއްބެވި ކުރީގެ ބައެއް އެމްޑީޕީ މެންބަރުން ވަނީ އަލުން އަނބުރާ އެ ޕާޓީ އާ ގުޅިވަޑައިގަންނަވާފަ އެވެ.