"ފަވަރަ" އިން އެއްފަހަރާ 50،000ރ. ޓްރާންސްފާ ކުރެވޭނެ
"ފަވަރަ" އިން އެއްފަހަރާ 50،000ރ. ޓްރާންސްފާ ކުރެވޭނެ

އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވޭ ޕޭމަންޓް ސިސްޓަމް "ފަވަރަ" މެދުވެރިކޮށް އެއް ފަހަރާ އެންމެ ގިނައިން ފޮނުވޭނީ 50،000ރ. ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ ފަވަރަގެ ހިދުމަތްތައް ލިބޭނީ އެ ފަރާތަކުން އެކައުންޓް ނުވަތަ ވޮލެޓް ހުޅުވާފައިވާ ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ އެޕްލިކޭޝަން މެދުވެރިކޮށް ކަމަށެވެ. އެ ފަރާތްތަކުގެ އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕްލިކޭޝަނުން ފަވަރައަށް ވަދެވޭނެ އެވެ.

ފަވަރައިން 50،000ރ. އާ ހަމައަށް ފައިސާ ޖަމާކުރެވޭ އިރު ފަވަރަ ރިކުއެސްޓް މެދުވެރިކޮށް 5،000ރ. އާ ހަމައަށް ފައިސާ ފޮނުވަން ރިކުއެސްޓް ކުރެވޭނެ އެވެ. ފަވަރަ ރިކުއެސްޓުން މެދުވެރިކޮށް ފައިސާ ލިބެންވާ ފަރާތުން ފައިސާ ދައްކަންޖެހޭ ފަރާތަށް ޕޭމަންޓް ރިކުއެސްޓެއް ފޮނުވޭނެ އެވެ. މި ހިދުމަތުން ވަކިވަކި ފަރުދުންނަށް އަދި ވިޔަފާރިތަކަށް ވެސް ކަސްޓަމަރުންނަށް ފައިސާ ވެސް އެކި ފަރާތްތަކުގެ މެދުގައި ފައިސާއަށް އެދި ރިކުއެސްޓު ފޮނުވެ އެވެ. އަދި ވިޔަފާރިތަކަށް ވެސް ކަސްޓަމަރުންގެ އަތުން ފައިސާ ބަލައިގަތުގުމުގައި ފަސޭހަތަކެއް ލިބޭނެ އެވެ.

ފަވަރަ އައިޑީ އިން ޕޭމަންޓް ހެދުމަށް އެކައުންޓް ނަންބަރު ބޭނުންކުރުމުގެ ބަދަލުގައި ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ބޭނުންކޮށްގެން ވެސް އައިޑީއެއް ބޭނުންކޮށްގެން ފަސޭހަކަމާ އެކު އެކަކު އަނެކަކަށް ފައިސާ ފޮނުވާލަން މަގު ފަހިކޮށްދެ އެވެ.

އަހަރުގެ ކޮންމެ ދުވަހަކު 24 ގަޑިއިރު މެދުނުކެނޑި ޕޭމަންޓް ޚިދުމަތްދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ސިސްޓަމުން ކޮންމެ ބޭންކެއްގައި އެކައުންޓު އޮތް ކަމަށް ވިޔަސް، އެއް އެކައުންޓުން އަނެއް އެކައުންޓަށް ކުރާ މުއާމާލާތްތަކުގެ ފައިސާ ވަގުތުން ވަގުތަށް ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. މީގެ އިތުރުން ފަވަރަ އައިޑީ އަދި ފަވަރަ ރިކުއެސްޓްގެ ނަމުގައި ދިވެހިރާއްޖެއަށް މުޅިން އަލަށް ދެ ޚިދުމަތެއް ވަނީ ތައާރަފުކޮށްފަ އެވެ.