27 އޯގަސްޓް 2023 - 15:17

ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ޓިކެޓް ހޯއްދެވީ އެކުގައި މަސައްކަތް ކުރެއްވި މީހުންނަށް އޮޅުވާލައިގެން ވަގަށް ކަމަށާއި އެ ވަރުގެ ކެންޑިޑޭޓަކަށް ވެރިކަން ދިނުމަކީ ހަދާނެ ގޯހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވިލުފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމް/ޕީއެންސީގެ އެތެރޭގެ މައްސަލަތަކާ ބެހޭ ގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ދެއްކެވި ވާހަކަތަކަށް ރައީސް އަލިއަޅުވާލެއްވި އެވެ.
ވަހީދު ވަނީ މުއިއްޒުގެ ކެމްޕެއިނުގައި ޕީޕީއެމްގެ ދިދަތައް ނުފެންނަ ކަމަށާއި ކުޑަކުޑަ ޕާޓީއަކުން ޕީޕީއެމްގެ ޓިކެޓު ޖަހައިގަތް ކަމަށް ވިދާޅުވެ އެ ޕާޓީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ވަހީދުގެ ވާހަކަތައް ތަކުރާރު ކުރައްވައި ރައީސް ވިދާޅުވީ ވަހީދު ހުންނެވީ ޕީޕީއެމްގެ ޓިކެޓަށް ވަރަށް ބޮޑަށް ތައްޔާރުވެވަޑައިގެން ކަމަށާއި ނަމަވެސް ކުޑަކުޑަ ޕާޓީއަކުން ކަންތައްކުރި ގޮތް ވަހީދު ވަރަށް ތަފްސީލުކޮށް ވިދާޅުވި ކަމަށެވެ.
އެ މައްސަލައާ މެދު ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށާއި އެކުގައި ތިބި މީހުންގެ އަތުން ޓިކެޓު "ވަގަށް ނެގި" ބަޔަކު ވެރިކަމަށް ގެނައުމަކީ ގޯހެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ނަމަ ނަމަ ތިބޭފުޅުން އެކަހަލަ ގޯހެއް ނަހައްދަވާތި." ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ދެން ކުރިމަތިލައްވާފައިވާ ވަރަށް މަދު ބޭފުޅަކު ނޫނީ އެއީ ތަޖުރިބާ ކޮށްފައިވާ ލީޑަރުންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ ގޮތެއް ނިންމުމުގެ ކުރިން އަމިއްލަ މީހާ އަށާއި ރަށާއި ގައުމަށް އަންނާނެ ބަދަލުތަކަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބަށް މިހާރު މި ވަނީ 12 ދުވަހަށް ވެފައި. ތިބޭފުޅުން އެ ދުވަހު ނުކުމެ ނިންމަން ޖެހެނީ މުހިންމު ނިންމުމެއް. ވަރަށް ވިސްނުންތެރިކަމާ އެކީ ގޮތެއް ނިންމަން ޖެހޭ ދުވަހެ،" ރައީސް ވިދާޅުވި އެވެ.
- ޓޫރިޒަމަށް ވަކި ފަޅު ރަށެއް ހިއްކުން
- ބަނދަރުގެ މައްސަލަތައް ހައްލުކުރުން.
- ތާރު ނާޅައި ހުރި މަގުތަކުގައި ތާރު އެޅުން