26 އޯގަސްޓް 2023 - 11:52

އިންޑިއާގެ ވިސްތާރާއިން ރާއްޖެއާއި ނިއު ދިއްލީއާ ދެމެދު ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.
އެއާލައިނުގެ ނޫސް ބަޔާނުގައިވާ ގޮތުން ނިއުދިއްލީ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ފަށާނީ އޮކްޓޫބަރު މަހުން ފެށިގެންނެވެ.
ވިސްތާރާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފެށީ މާޗް 3، 2021 ގަ އެވެ. އޭރު ދަތުރުތައް ފެށީ މުމްބާއީ އާއި ރާއްޖެއާ ދެމެދު އެވެ.
ވިސްތާރާއިން އިންޑިއާގެ އިތުރު މަންޒިލްތަކުން ރާއްޖެއަށް ދަތުރުތައް ފެށީ އިންޑިއާގެ ޓޫރިސްޓުން އަންނަ ވަރު އިތުރުވާތީ ކަމަށް އެ އެއާލައިނުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ވިސްތާރާގެ ސީއީއޯ ނިވޯދް ކަނަން ވިދާޅުވީ، އިންޑިއާގެ އާ މަންޒިލްތަކުން ރާއްޖެއަށް ދަތުރުތައް އިތުރު ކުރުމުން އުފާކުރާ ކަމަށެވެ. ދިއްލީން ދަތުރުތައް ފެށުމުން ރާއްޖެއަށް އެ ސަރަހައްދުން އަންނަ ފަރާތްތަކަށް އިިތުރަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިސްތާރާ އަކީ އިންޑިއާގެ ޓާޓާ ސަންސް އާއި ސިންގަޕޯ އެއާލައިންގެ ޖޮއިންޓްވެންޗާ ކުންފުންޏެކެވެ. މި އެއާލައިންގެ ދަތުރުތައް އަންނަ މާޗް ތިން ވަނަ ދުވަހު ރާއްޖެއަށް ފަށާނެ އެވެ.
އިންޑިއާ އަކީ ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. އެގައުމުން ރާއްޖެއަށް އެއް ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން މިއަހަރު ޒިޔާރަތްކޮށްފައިވެ އެވެ.