ހޮޅުދޫން މުއިއްޒަށް "ބިހުގެ" ޝަރަފެއް
ހޮޅުދޫން މުއިއްޒަށް "ބިހުގެ" ޝަރަފެއް

ރާއްޖޭގެ އެކި ރަށްރަށަށް މަޝްހޫރު ވަނަންތަކުގެ ތެރެއިން އެއް ނަމަކީ، ނ. ހޮޅުދޫ އަށް ނިސްބަތްކުރާ "ބިސްހޮޅުދޫ" އެވެ. އެކަމަކު އެއީ ޒަމާނެއްގައި އެ ނަން ބޭނުން ކުރުމުން މި ރަށު މީހުން ރުޅި އަންނަ ނަމަކަށް ވިޔަސް މިއަދު އެއީ މި ރަށު މީހުން ފަހުރަކަށް ހަދައިފި އެވެ.

ހޮޅުދޫން މުއިއްޒަށް "ބިހުގެ" ޝަރަފެއް
ހޮޅުދޫން މުއިއްޒަށް "ބިހުގެ" ޝަރަފެއް

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު މި ރަށަށް ވަޑައިގަތުމުން އެ "އިއްޒަތް" ވެސް އަރުވައިފަ އެވެ.

ހޮޅުދޫން މުއިއްޒަށް "ބިހުގެ" ޝަރަފެއް
ހޮޅުދޫން މުއިއްޒަށް "ބިހުގެ" ޝަރަފެއް

ރަތް ލިބާހެއްގައި ހުރި އަންހެނަކު ބޮލަށް ލައިގެން އުފުލި މަލާފަތެއް މުއިއްޒަށް ވެދުމަށް އެރުވި އެވެ. އެއީ ފަރިވަޅެއްހެން ހީވިޔަސް، ލިޔެލާޖެހި މަލާފަތުގައި ހުރީ ބިހެވެ.

މި ރަށުން ވާހަކަ ދެއްކި އަންހެނަކު ބުނީ "ބިސް" ޝަރަފު އެރުވުމަކީ މިހާރު މި ރަށުގެ އާދަކާދައަކަށް ވެފައިވާ ކަމަށެވެ. ރަށަށް ޒިޔާރަތްކުރާ މީހުންނަށް މި ގޮތަށް މަލާފަތުގައި ބިސް ދީ އުޅޭ ކަމަށް އޭނާ ބުންޏެވެ.

"އެގޮތަށް ދޭން ވެސް ދޭނެ، ބައެއް މީހުން ގަޔަށް ބިސް ޖަހަން ވެސް ޖަހާނެ، ރުޅިއެއް ވެސް ނާންނާނެ،" އޭނާ ބުންޏެވެ.

ވާހަކަ ދެއްކި އުމުރުން ދުވަސްވީ އެހެން އަންހެނަކު ބުނި ގޮތުގައި ބިހަކީ މިހާރު މި ރަށަށް ހާއްސަ ޝަރަފެކެވެ. އަދި ބަޔަކު އަދިވެސް ފުރައްސާރައެއްގެ ގޮތުގައި މި ނަން ބެލިޔަސް ރަށު މީހުން އެކަމާ އަޅާލުމެއް ނެތް ކަމަށް ބުންޏެވެ.

"އެހެން ކިޔައިގެން މިހާރު ނާންނާނެ ރުޅިއެއް. އަޅުގަނޑުމެންގެ ޝަރަފު އެއީ، ބިހަކީ،" އޭނާ ބުންޏެވެ.

މި ރަށަށް "ބިސް" ކިޔުނު ގޮތާ މެދު ސުވާލުކުރުމުން އޭނާ ބުނީ އެކި ގޮތްގޮތަށް އެ ވާހަކަ ކިޔައި އުޅޭ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެންމެ ބުރަވަނީ އިހުގައި މާލެއިން ރަށަށް ޒިޔާރަތްކުރި ރަދުންގެ ވަފުދަކަށް ބިހުގެ މަލާފަތެއް އެރުވުން ކަމަށް އޭނާ ބުންޏެވެ.

"މަންމަ ވަރަށް ފަހުން ވެސް ކިޔައިދިން، އިހުގައި އޮތް މާލޫދެއް، ރަދުން އައިސްގެން، ދެން އެ މީހުންނަށް ކާން ގެންދިޔަ މަލާފަތުގައި ހުރީ ހުސް ބިހޯ ކާން،" އޭނާ ކިޔައިދިނެވެ.

މި ރަށު މީހުން ބުނާ ގޮތުގައި އެ ނަން ހަރުލީ "މިއީ ބިސްހޮޅުދޫ" ތާ އޭ އެ ދުވަހު ރަދުން ވިދާޅުވުމާ ގުޅިގެންނެވެ.