އިންނަމާދުއަށް ރައީސްގެ ގިނަ ވައުދުތަކެއް
އިންނަމާދުއަށް ރައީސްގެ ގިނަ ވައުދުތަކެއް

ރ. އިންނަމާދުއަށް ގިނަ ކަންތައްތަކެއް ރައީސް ވައުދުވެވަޑައިގެންފި އެވެ.

އިންނަމާދުއަށް ރައީސްގެ ގިނަ ވައުދުތަކެއް
އިންނަމާދުއަށް ރައީސްގެ ގިނަ ވައުދުތަކެއް

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، އިންނަމާދުއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ރަށަކީ ރާއްޖޭގެ އިގުތިސޯދުގައި މުހިއްމު ބައިވެރިއެއް ކަމަށެވެ.

އިންނަމާދުއަށް ރައީސްގެ ގިނަ ވައުދުތަކެއް
އިންނަމާދުއަށް ރައީސްގެ ގިނަ ވައުދުތަކެއް

ވަޑާމުގައި އެންމެ ފުންނާބު އުސް އެއް ރަށް އަދި ކުޅަދާނަ މަސައްކަތްތެރިން މި ރަށުގައި އެބަތިބި ކަމަށާއި އެކަމަކު އެ މީހުންނަށް ވެސް ދިމާވާ ދަތިތައް އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

އިންނަމާދުއަށް ރައީސްގެ ގިނަ ވައުދުތަކެއް
އިންނަމާދުއަށް ރައީސްގެ ގިނަ ވައުދުތަކެއް

އޭގެ ތެރޭގައި އިންވެސްޓްމަންޓް ފެށުމަށް ފައިސާ ހޯދުމުގެ ދަތިކަން ހިމެނެ އެވެ. ރައީސް ވިދާޅުވި ކުރިއަށް އޮތް ދައުރުގެ އެއް އަމާޒަކީ އެފަދަ މަސައްކަތްތެރިންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހެދުން ކަމަށެވެ.

އަދި ސަރުކާރުގެ އެކި ސްކީމްތަކުގެ ތެރޭގައި ވެސް އެ މީހުންނަށް ބައިވެރިވެވި، ފަސޭހައިން މާލީ އެހީ ލިބޭނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިންނަމާދޫގައި ފައިބަރު މަސައްކަތްކުރާ މީހުން ވަނީ، މި ރަށް ކައިރީގައި އޮންނަ ވަންދޫގައި އެ މަސައްކަތް ކުރާނެ ބިން ހަމަޖައްސައިދިނުމަށް ރައީސްގެ އަރިހުން އެދިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ސަރަހައްދުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިމްކޮށްފައިވާ ވަންދުން އެކަމަށް ބިން ކަނޑައެޅުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެކަން ދިގުލައިގެން ދާތީ މި ރަށު މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ނަމަވެސް އެކަން ހައްލުކޮށް ވަންދޫގައި ފައިބަރު މަސައްކަތް ކުރެވޭނެ ރަނގަޅު ގޮތެއް ހަދައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ސްކޫލަށް ބޭނުންވާ އޮފީސް އިމާރާތާއި އިތުރު ފެސިލިޓީސް ގާއިމްކޮށްދިނުމާއި ޒުވާނުން ކުޅިވަރު ކުޅޭނެ ޔޫތު ސެންޓަރަކާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މި ރަށުގައި ރޯހައުސް ނޫނީ ފްލެޓު އަޅައިދެއްވުމަށް ވައުދުވެވަޑައިގެންނެވި އެވެ.