24 އޯގަސްޓް 2023 - 11:57

ސިޓީ އޮޕްޓިކަލްއިން ވިއްކާ ޖަރުމަނުވިލާތުގެ ޒައިސް ބްރޭންޑުގެ ހުރިހާ ނަމްބަރު އައިނަކަށް 100 ޕަސެންޓު ޔޫވީ ޕްރޮޓެކްޝަންގެ ހިދުމަތް ތައާރަފްކޮށްފި އެވެ.
ސިޓީ އޮޕްޓިކަލް އިން ބުނި ގޮތުގައި މީގެ ކުރިން 100 ޕަސެންޓް ޔޫވީ ޕްރޮޓެކްޝަން ނަމްބަރު އައިނަށް ލިބޭނީ ރާއްޖެއިން ބޭރުން ހައްދާ އައިނަށާއި ޕްރޮގްރެސިވް އައިނަށެވެ. ސިޓީ އޮޕްޓިކަލްގައި ޒައިސް ކުންފުންޏާ ގުޅިގެން ހުރިހާ އައިނަކަށް ޔޫވީ ޕްރޮޓެކްޝަނާ އެކު އައިނު ހެއްދޭނެ ގޮތް ތައާރަފްކުރުމުން ސިންގަލްވިޝަން، ބައި-ފޯކަލް އަދި ޕްރޮގްރެސިވް ކަސްޓަމަރުންނަށް ވެސް މި ހިދުމަތް ހިލޭ ލިބޭނެ ކަމަށް އެ ތަނުން ބުންޏެވެ.
ޔޫވީ ޕްރޮޓެކްޝަން މުހިންމު ވަނީ އަވީގެ ސަަބަބުން ލޯ ފުސްވުމާއި ލޮލުގެ ފެނުން ދަށްވުމާއި ލޯ ކައިރި ކަޅުވުމާއި، ލޮލުގެ ވަށައިގެންވާ ހަމަށް ކެންސަރު ޖެހުމާއި އެ ސަރަހައްދުގައިވާ ހަމަށް ރޫ ޖެހުން ފަދަ މައްސަލަތަކުން ރައްކާތެރިކުރުމަށެވެ.
ޒައިސް އަކީ 175 އަހަރުގެ ތަޖުރިބާ ހުރި ޔޫވީ ޕްރޮޓެކްޝަން ހިދުމަތް ދިނުމުގައި އާ ޓެކްނޮލޮޖީއެއް އީޖާދުކޮށް އިންޑަސްޓްރީގެ އާ ބެންޗްމާކެއް ގާއިމުކޮށްފައިވާ ކުންފުންޏެކެވެ.
ސިޓީ އޮޕްޓިކަލްއިން ހައްސާ ޒައިސް ބްރޭންޑުގެ ނަމްބަރު އައިނާ އަވި އައިނަށް ވެސް 100 ޕަސެންޓު ޔޫވީ ޕްރޮޓެކްޝަން މިހާރު ލިބޭނެ އެވެ.
ސިޓީ އޮޕްޓިކަލް ހުންނަނީ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގަ އެވެ.