23 އޯގަސްޓް 2023 - 18:19

ގއ. ވިލިނގިލީގައި ޒުވާން އަންހެނަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަަށް، އެ ރަށު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.
އުމުރުން 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ މަހުގެ 28ގަ އެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 20 އަހަރާއި 24 އަހަރާއި 30 އަހަރުގެ ފިރިހެނުންނެވެ.
އެ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބޭއްތިބުމަށް އަމުރުކޮށްފައިވަނީ، ފުލުހުން މައުލޫމާތު ދިން ގޮތުގައި ރޭގެ ވަގުތެއްގަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެކަމުގައި ބައިވެރިވީ ވިލިނގިލީ ދެ ފިރިހެނުންނާއި ލ. އަތޮޅު މީހެކެވެ. އަދި އެ އަންހެން މީހާ އަކީ އެ އަތޮޅު ކޮލަމާފުށީ އަންހެނެއްކަން ވެސް ވަނީ އެނގިފަ އެވެ.
ނަމަވެސް ފުލުހުން އެކަމުގެ ތަފްސީލެއް ނުދެ އެވެ.