އެމްޔޫއޯގެ އިސް ބޭފުޅުންތަކަކާ ނަޝީދު ބައްދަލުކުރައްވައިފި
އެމްޔޫއޯގެ އިސް ބޭފުޅުންތަކަކާ ނަޝީދު ބައްދަލުކުރައްވައިފި

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްއާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސްރީ ލަންކާގައި ބައްދަލު ކުރައްވައިފި އެވެ.

އެމްޔޫއޯގެ އިސް ބޭފުޅުންތަކަކާ ނަޝީދު ބައްދަލުކުރައްވައިފި
އެމްޔޫއޯގެ އިސް ބޭފުޅުންތަކަކާ ނަޝީދު ބައްދަލުކުރައްވައިފި

އިދިކޮޅު ހުރިހާ ފަރާތްތައް ގުޅިގެން ސަރުކާރާ ދެކޮޅަށް އެކުލަވާލާފައިވާ އިއްތިހާދުގެ އިސް ދެ ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންކަމުގެ ތަފްސީލެއް އެމްޑީޕީން އަދި ހާމައެއް ނުކުރެ އެވެ. މި ދެ ބޭފުޅުންގެ އިތުރުން އެމަނިކުފާނު މިއަދު ވަނީ އެމްޔޫއޯގެ ޝެޑޯ ކެބިނެޓުގެ ވަޒީރުންނާ އެކު ވެސް ބައްދަލުވުމެއް ބާއްވަވައިފަ އެވެ.

އެމްޔޫއޯގެ އިސް ބޭފުޅުންތަކަކާ ނަޝީދު ބައްދަލުކުރައްވައިފި
އެމްޔޫއޯގެ އިސް ބޭފުޅުންތަކަކާ ނަޝީދު ބައްދަލުކުރައްވައިފި

އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާ ނަޝީދު ލަންކާ އަށް ވަޑައިގެން އުޅުއްވަނީ ސިޔާސީ މަސްރަހުގައި ހުރި މުހިއްމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ. އެ މަނިކުފާނު ގެންދަވަނީ އެމްޑީޕީގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވަމުންނެވެ.

އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، ނަޝީދު ބައިވެރިވެވަޑައިގެންނެވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ވެސް އިއްޔެ ވަނީ ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި، ސިޔާސީ މަސްރަހާއި ޕާޓީގެ ކުރިމަގާ ގުޅޭ ނިންމުންތަކަށް، ގައުމީ މަޖިލީހުގެ މެމްބަރުންގެ ހިޔާލު އެ މަނިކުފާނު ހޯއްދެވި އެވެ.

މިހާތަނަށް ބޭއްވި އެއްވެސް ބައްދަލުވުމެއްގެ ތަފްސީލު ނުދީ، އެމްޑީޕީން ބުނެފައި ވަނީ ނަޝީދުގެ ދަތުރުފުޅުގެ ތަފްސީލް އާއްމުކުރާނީ، އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކާ އެ ކަންކަން ހިއްސާކުރުމަށް ފަހު ކަމަށެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހާއި އިގްތިސާދީ މައްސަލަތަކާ ގުޅޭ ގޮތުން ހުރި ޝަކުވާތައް ބޭރުގެ ސަފީރުންނާ ވެސް ހިއްސާކުރައްވައިފަ އެވެ.

ނަޝީދު މިދިޔަ އަހަރުގެ އޯގަސްޓްމަހު ވެސް ލަންކާ އަށް ވަޑައިގަތެވެ. އެ ފަހަރު ހަފުތާއެއްހާ ދުވަސް އެމަނިކުފާނު ލަންކާގައި ހޭދަކުރެއްވި އެވެ.