ޖޭޕީގެ ވެރިކަމެއްގައި މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ދިޔުމަށް ހުރަހެއް ނޯންނާނެ: ގާސިމް
ޖޭޕީގެ ވެރިކަމެއްގައި މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ދިޔުމަށް ހުރަހެއް ނޯންނާނެ: ގާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ދިޔުމާއި ކަންކަމުގައި ހަރަކާތްތެރިވުމަށް ހުރަހެއް ނޯންނާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖޭޕީގެ ވެރިކަމެއްގައި މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ދިޔުމަށް ހުރަހެއް ނޯންނާނެ: ގާސިމް
ޖޭޕީގެ ވެރިކަމެއްގައި މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ދިޔުމަށް ހުރަހެއް ނޯންނާނެ: ގާސިމް

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ އިންތިހާބަށް ކުރައްވަމުން ގެންދަވާ ކެމްޕޭނުގައި، ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުގައި އެ އަތޮޅުގެ ހެނބަދު އަށް ވަޑައިގެން ގާސިމް ވިދާޅުވީ، ރައްޔިތުންނަށް ލިބިގެންވާ ހައްގުތައް ފުރިހަމަ އަށް ހިމާޔަތް ކޮށްދެއްވާނެ ކަމަށާއި ދީނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތި ނުކުރާނެ ކަމަށެވެ.

އޭނާ ވެރިކަމަށް ކުރިމަތިލެއްވީ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަން ދިފާއުކޮށް، ހިމާޔަތް ކުރުމަށާއި ގައުމުގެ އިގުތިސޯދު ނަގަހައްޓައި ދެމެހެއްޓުމަށް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ސަރުކާރެއްގައި އެއްވެސް ތަނެއްގައި މޫނު ބުރުގާ އަޅުއްވައިގެން އަންހެން ބޭފުޅުން ކިޔަވައި ދެއްވަން ކަމަށް ވިޔަސް، އަދި އޮފީސްތަކުގައި މަސައްކަތް ކުރައްވަން ވިޔަސް އެއްވެސް ބޭފުޅަކަށް ހުރަހެއް ނޯންނާނެ،" ގާސިމް ވިދާޅުވި އެވެ.

އެއީ ގާސިމް ވިދާޅުވި ގޮތުގައި އިސްލާމީ ގައުމެއްގެ ގޮތުގައި ނަމޫނާ ފެންނާނެ ފަދަ ގޮތަކަށް ހެދުން އެޅުމުގެ ހައްގު ދެއްވުމަށެވެ.

ގާސިމް މި ވައުދުވެޑައިގެންފައި މިވަނީ، ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތު ޓީޗަރުން މޫނު ބުރުގާ އެޅުން މަނާކުރި އުސޫލު ބަދަލުކޮށް، މޫނު ބުރުގާ އަޅައިގެން ކިޔަވައި ދެވޭ ގޮތަށް ސަރުކާރުން ވެސް އިއްޔެ ހަމަޖައްސާފައި ވަނިކޮށެވެ.

ގާސިމް ހެނބަދު އަށް ކުރެއްވި ދަތުރުގައި އެ ރަށު ރައްޔިތުން އެދުނު ގޮތަށް ބިން ހިއްކުމާއި ކްލާސްރޫމްތައް އޭސީކުރުާއި ފުޓްބޯޅަ ދަނޑެއް އަޅައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

ޖޭޕީގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކްލާސްރޫމްތައް އޭސީކޮށް، ސްމާޓް ބޯޑު ހަރުކޮށް، 75 އިންޗީގެ ޓީވީ ބަހައްޓައި ދިނުމުގެ އިތުރުން ހުރިހާ ސްކޫލެއްގެ ކޮމްޕިއުޓާ ލެބްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ނ. އަތޮޅަށް ގާސިމް ފެއްޓެވި ދަތުރުގައި ހެނބަދޫގެ އިތުރުން ކެނދިކުޅުދު އާއި، މާޅެންދު އާއި ލަންދޫ އަދި މާފަރަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.