ކެމްޕެއިނަށް ނާޒިމް އައްޑޫ އާއި ފުވައްމުލަކަށް
ކެމްޕެއިނަށް ނާޒިމް އައްޑޫ އާއި ފުވައްމުލަކަށް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް އައްޑޫ އާއި ފުވައްމުލަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅު މިއަދު ފައްޓަވައިފި އެވެ.

ކެމްޕެއިނަށް ނާޒިމް އައްޑޫ އާއި ފުވައްމުލަކަށް
ކެމްޕެއިނަށް ނާޒިމް އައްޑޫ އާއި ފުވައްމުލަކަށް

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ނާޒިމް މިއަދު ހަވީރު ވަނީ އައްޑު އަށް ވަޑައިގެންފަ އެވެ. އޭނާ އައްޑު އަށް ވަޑައިގަތުމުން އައްޑޫ އެއާޕޯޓުން ގިނަ ބަޔަކު އޭނާއަށް މަރުހަބާ ކިޔާފައިވެ އެވެ.

ނާޒިމާއި އޭނާގެ ރަނިންމޭޓް ޑރ. އަހުމަދު އަދީލް ނަސީރާ އެކު އައްޑޫގެ ގޭގެއަށް މިއަދު ގެންދަވަނީ ޒިޔާރަތް ކުރައްވަމުންނެވެ. އަދި މާދަމާ ރޭ އައްޑޫގައި ނާޒިމްގެ ކެމްޕެއިން ޖަލްސާއެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

ނާޒިމް ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ ރަށުގައި ވެސް ކެމްޕެއިން ޖަލްސާއެއް ބާއްވަން ހަމަޖައްސައިފަ އެވެ.