ރަށްރަށަށް ކަމެއް ކޮށްދޭނީ މި ސަރުކާރުން، ވައުދުތައް އަކުރުން އަކުރަށް ފުއްދާނެ: ރައީސް
ރަށްރަށަށް ކަމެއް ކޮށްދޭނީ މި ސަރުކާރުން، ވައުދުތައް އަކުރުން އަކުރަށް ފުއްދާނެ: ރައީސް

ރަށްރަށަށް ދެން ވެސް ކަމެއް ކޮށްދޭނީ އެމްޑީޕީން ކަމަށާއި މި ސަރުކާރުން ވާ ވައުދު، އަކުރުން އަކުރަށް ފުއްދައިދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރަށްރަށަށް ކަމެއް ކޮށްދޭނީ މި ސަރުކާރުން، ވައުދުތައް އަކުރުން އަކުރަށް ފުއްދާނެ: ރައީސް
ރަށްރަށަށް ކަމެއް ކޮށްދޭނީ މި ސަރުކާރުން، ވައުދުތައް އަކުރުން އަކުރަށް ފުއްދާނެ: ރައީސް

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ބ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ދޮންފަނަށް ވަޑައިގެން ރަށުގެ ބަނދަރުގައި ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، ކުރިން ބޭއްވި އިންތިހާބުތަކުގެ ކެމްޕެއިނަށް މި ރަށަށް ވަޑައިގެންނެވި އިރު ވެސް އިވިވަޑައިގަތީ އެއް ޝަކުވާތަކެއް ކަމަށެވެ.

ރަށްރަށަށް ކަމެއް ކޮށްދޭނީ މި ސަރުކާރުން، ވައުދުތައް އަކުރުން އަކުރަށް ފުއްދާނެ: ރައީސް
ރަށްރަށަށް ކަމެއް ކޮށްދޭނީ މި ސަރުކާރުން، ވައުދުތައް އަކުރުން އަކުރަށް ފުއްދާނެ: ރައީސް

އެކަމަކު، ކުރީގެ ސަރުކާރުތަކުން، އެއިން އެއްވެސް ކަންބޮޑުވުމަކަށް އަޅައެއް ނުލި ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، ދޮންފަނުގެ ބަނދަރާއި އިންޖީނުގެ އަދި ރަށް ގިރާ ސަރަހައްދު ހަދައި ނިންމައި ފެނާއި ނަރުދަމާ ގާއިމް ކުރަމުން އަންނަ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޒަރޫރީ ބޭނުންތަކަށް މީގެ ކުރިން އެއްވެސް އަޅާލުމެއް ނެތެވެ.

"އެއްވެސް ކަމެއް ކުރީގެ ސަރުކާރުންތަކުން ނުކޮށްދިން. މި ސަރުކާރަށް ކުރި އިތުބާރު، މިއަދު ވެސް ޔަގީންކަން އެބައޮތް ވައުދު ފުއްދާނެކަން. ކަމެއް ކޮށްފި ނަމަ އެ ވައުދު ފުއްދާނެ ކަމަށް." ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ 361 މީހުން ދިރިއުޅޭ މި ރަށުގެ ބިން ހިއްކައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދިނުމަށް ރޯހައުސް ނޫނީ ފްލެޓު އަޅައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. އެއީ، ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ ދޮންފަނަށް އެންމެ އިސްކަންދެއްވާނެ ކަންތައް ކަމަށް ވެސް ވިދާޅުވި އެވެ.

- ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް ހެދުން.

- ފުޓްބޯޅަ ދަނޑަކާ އެކު އެކި ކުޅިވަރުތައް ކުޅޭނެ ކޮމިއުނިޓީ ސެންޓަރެއް.

- ވޮލީ ކޯޓެއް ހެދުން.

- ކުޑަކުދިންގެ ޕާކެއް ހެދުން.

"މި ރަށަށް ދެން ވެސް ކަމެއް ކޮށްދޭނީ މި ސަރުކާރުން. މި ވާ ވައުދު، އަކުރުން އަކުރަށް ފުއްދައިދޭނަން." ރައީސް ވިދާލުވި އެވެ.