21 އޯގަސްޓް 2023 - 09:43

މި ދައުރުގެ ތެރޭގައި ބ. އަތޮޅަށް ފުރިހަމަވި ކަންކަމުގެ އިތުރުން ދެ ވަނަ ދައުރަކަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވަރު ރައްޔިތުންނަށް ހާމަކުރައްވަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ.
އެމަނިކުފާނު ބ. އަތޮޅަށް މި ވަޑައިގަތީ ރޯގާޖެހިގެން އާލާސްކަންފުޅާ ދެތިން ދުވަހު ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު އެވެ. މި އަތޮޅުގެ ގިނަ ރަށްތަކަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސްގެ ކެމްޕޭން ދަތުރުތައް ފެއްޓެވި ފަހުން މިހާތަނަށް ވަނީ ގިނަ ރަށްތަކަކަށް ވަޑައިގެންފަ އެވެ. ކޮންމެ އަތޮޅެއްގައި ވެސް އާބާދީއަށް ބެއްލެވުމެއް ނެތި ހުރިހާ ރަށަކަށް ވަޑައިގެންނެވޭތޯ ރައީސް ބައްލަވާ ކަމަށް ކެމްޕޭން ޓީމުން ބުންޏެވެ.
ބ. އަތޮޅަށް ފަހު ރައީސް މި ހަފުތާގައި ރ. އަތޮޅަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސްގެ މި ދަތުރުތަކުގައި އެމަނިކުފާނުގެ މި ދައުރުގެ ތެރޭގައި ރަށްތަކަށް ކޮށްދެއްވިފައިވާ ކަންކަމުގެ އިތުރަށް ކުރިއަށް އޮތް ފަސް އަހަރަށް ކޮށްދެއްވާނެ ކަންކަމަށް އަންނަނީ ވައުދުވެވަޑައިގަންނަވަމުންނެވެ. ކޮންމެ ރަށަކުން ވެސް ދެ ވަނަ ދައުރެއްގެ ތެރޭގައި އެ ރަށަކަށް އެންމެ ބޭނުންވާ ކަމެއް ޖަލްސާތަކުގައި ރައީސަށް އަންނަނީ ހުށަހަޅަމުންނެވެ.