ފުޅަދޫން އެންމެ ބޭނުންވި ހިދުމަތް ފުރިހަމަވެ ތަކުލީފު ނިމުމަކަށް!
ފުޅަދޫން އެންމެ ބޭނުންވި ހިދުމަތް ފުރިހަމަވެ ތަކުލީފު ނިމުމަކަށް!

މި ރަށުގެ ރައްޔިތުންނަށް ފަސް ވެރިކަން ފެނިއްޖެ އެވެ. އެކަމަކު އަލީ އަމްޖަދު ގަބޫލުކުރާ ގޮތުގައި ބ. އަތޮޅުގައި ފުޅަދޫ ކިޔާ ކުޑަ ރަށެއް އޮތްކަން ދެނިވަޑައިގެންނެވި ފުރަތަމަ ވެރިއަކީ، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފުޅަދޫން އެންމެ ބޭނުންވި ހިދުމަތް ފުރިހަމަވެ ތަކުލީފު ނިމުމަކަށް!
ފުޅަދޫން އެންމެ ބޭނުންވި ހިދުމަތް ފުރިހަމަވެ ތަކުލީފު ނިމުމަކަށް!

އަހްމަދު އަސްލަމްގެ ހަނދާނާ ގުޅިފައި ވަނީ ލަފާ ފުރާނެ ގޮތެއް ނެތި، ދަތި ހާލުގައި މަސްވެރިކަން ކުރި ދުވަސްތަކެވެ.

ފުޅަދޫން އެންމެ ބޭނުންވި ހިދުމަތް ފުރިހަމަވެ ތަކުލީފު ނިމުމަކަށް!
ފުޅަދޫން އެންމެ ބޭނުންވި ހިދުމަތް ފުރިހަމަވެ ތަކުލީފު ނިމުމަކަށް!

ދެ ކުދިން ގޮވައިގެން ބަނދަރު މަތީގައި ހުރެ، "މިހާރު"އާ ވާހަކަދައްކަމުން އަސްލަމް ބުނީ މީގެ ކުރިން މަސްވެރިކަން ކުރީ ވަރަށް ދަތި ހާލުުގައި ކަމަށެވެ. މޫސުން ގޯސް ދުވަސްވަރެއް ނަމަ ނުނިދާ ވެސް އުޅެން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

ފުޅަދޫން އެންމެ ބޭނުންވި ހިދުމަތް ފުރިހަމަވެ ތަކުލީފު ނިމުމަކަށް!
ފުޅަދޫން އެންމެ ބޭނުންވި ހިދުމަތް ފުރިހަމަވެ ތަކުލީފު ނިމުމަކަށް!

"ކުދި ރަށްރަށަށް ވަރަށް ކަންތައްތައް ކޮށްދީފައި އެބަހުރި. މި ބަނދަރު މިއީ އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުންވެފައި ހުރި ކަންތައް. މި ކަންތައް މި ސަރުކާރުން ފެނިގެން މި ދިޔައީ." އޭނާ ބުންޏެވެ.

ފުޅަދޫން އެންމެ ބޭނުންވި ހިދުމަތް ފުރިހަމަވެ ތަކުލީފު ނިމުމަކަށް!
ފުޅަދޫން އެންމެ ބޭނުންވި ހިދުމަތް ފުރިހަމަވެ ތަކުލީފު ނިމުމަކަށް!

"ވަރަށް ދަތި ހާލުގައި އުޅެން ޖެހުނީ ރޭގަނޑު ނުނިދާ. މިހެން ގަދަވިއްޔާ ވާ ކަނޑައިގެން ލައްގައިގެން ގޮސްފައި ވެސް އެބަހުރި. ބަނދަރު ހެދީމަ ވަރަށް ފަސޭހަ. މަސައްކަތް ފަސޭހަވެ، ވަގުތު ވެސް ސަލާމަތްވެ. މި ތަނުން ފުރައިގެން ހަމަ މަހަށް ދާންވީ."

އޭނަ ބުނީ ބައެއް ފަހަރު ގޮއިދޫ ފަޅުގައި ދޯނި އަޅާފައި ވެސް މި ރަށަށް އަންނަން ޖެހޭ ކަމަށެވެ. އެހެންވެ، އިިތުރު ޑިންގީއެއް ވެސް ބޭނުންވާ ކަމަށް ބުންޏެވެ.

"ކޮންމެ ސަރުކާރެއްގައި ވެސް މި ޝަކުވާ ކުރަމުން ދިޔައީ. އެއްވެސް ސަރުކާރަކުން ކުލައެއް ނުޖެހުނު ކަމެއް ރައީސް މި ކޮށްދިނީ."

އެކަމަކު، އެ ހުރިހާ ދަތިކަމެއް މިހާރު މާޒީވެއްޖެ އެވެ. ހަމަނޭވާއެއް ލެވުނީ އެމްޓީސީސީއާ ހަވާލުކޮށްގެން މީގެ އަހަރެއް ވަރު ކުރިން ނިންމި ބަނދަރާއެކު ކަމަށް، މި ރަށުން ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ.

"މިއީ އޮންނަ ރަށެއްކަން އެނގުނީ މި ސަރުކާރަށް. އަބަދުވެސް މި ރަށު މީހުން އަބަދު ވެސް އޮންނަނީ ބަނދަރެއް ނުލިބިފައި. މި ސަރުކާރުން ބަނދަރެއް އަޅައިދީފި. އިންޖީނުގެއެއް އަޅައިދީފި. ކައުންސިލް އިދާރާ ހުރި ގޮތް ވެސް އެހުރީ. އާ ތަނެއް މިހާރު އަޅަމުން އަންނަނީ،" އަމްޖަދު ބުންޏެވެ.

އޭނާ ބުނީ މި ރަށުގެ ތަރައްގީއަށް ހުރިހާ ދާއިރާކުން ވެސް މި ސަރުކާރުން ކަންތައްތައް ކޮށްދީފައި އެބަހުރި ކަމަށެވެ.

ބ. ތުޅަދުއަށް އުފަން، އެކަމަކު، މި ރަށު މީހަކާ އިނދެގެން ފުޅަދޫގައި ދިރިއުޅެމުން އަންނަ އަބްދުއްރަހްމާން ބުނީ މި ރަށުގެ ބަނދަރެއް ބޭނުމުގައި އިންތިޒާރުގައި ހުންނަތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. މީގެ 15 ވަރަކަށް އަހަރު ކުރިން މަސްވެރިކަން ހުއްޓާލިއަސް، ބަނދަރެއް ނެތުމުން، މުންޑު ބާލައިގެން ދޯނި ފަހަރަށް އަރާ އުޅުނު ދުވަސް ހަނދާން އެބަހުރި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ވަރަށް އުފާވޭ، މި މުސްކުޅި އުމުރަށް ދިޔައިރު ތެމިގެން ރަށަށް އަރަން ނުޖެހޭތީ ވަރަށް އުފާވޭ. ވަރަށް، ވަރަށް އުފާވޭ." ބަނދަރު ސަރަހައްދުގައި ހުރެ ރަހްމާން، 63 ބުންޏެވެ.

މީހަކު ބަލިވެއްޖެނަމަ މީގެ ކުރިން ސިއްހީ މަރުކަޒަށް ގެންނަން ޖެހެނީ ފަތްޖެހި އެނދެއްގަ އެވެ. އެކަމަކު، 240 މީހުން ދިރިއުޅޭ ފެހެންދުއަށް މި ސަރުކާރުން އެމްބިއުލާންސް ގެނެސްދީފި އެވެ. ބާވެ، ބޭނުން ނުކުރެވޭ ހާލަތުގައި އޮތް ކައުންސިލް އިދާރާއަށް އާ އިމާރާތެއް އެބަ އަޅައިދެ އެވެ.

"މި ސަރުކާރުގައި ކަމެއް ކޮށްދިނީ. އެހެން ބުނާނީ." ސިއްހީ މަރުކަޒުގެ މެނޭޖަރުގެ މަގާމުގައި ހުރި އަމްޖަދު ބުންޏެވެ.