ގޯތީގެ ގުރުއަތުގައި ބައިވެރި ނުވާ މީހުންނަށް މަދަމާ އިތުރު ފުރުސަތެއް
ގޯތީގެ ގުރުއަތުގައި ބައިވެރި ނުވާ މީހުންނަށް މަދަމާ އިތުރު ފުރުސަތެއް

މާލެ އިން ދޫކުރާ ގޯތި ލިބޭ މީހުންގެ ތެރެއިން ގުރުއަތު ލާން މިހާތަނަށް ނުދާ މީހުންނަށް މާދަމާ އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ގޯތީގެ ގުރުއަތުގައި ބައިވެރި ނުވާ މީހުންނަށް މަދަމާ އިތުރު ފުރުސަތެއް
ގޯތީގެ ގުރުއަތުގައި ބައިވެރި ނުވާ މީހުންނަށް މަދަމާ އިތުރު ފުރުސަތެއް

މި ސަރުކާރުން ދޫކުރާ ގޯތި ލިބޭ މީހުން ކަނޑައަޅަން ގުރު ނެގުން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ.

މިނިސްޓްރީން ބުނީ ގޯތި ލިބޭ މީހުންގެ ތެރެއިން މިއަދުގެ ނިޔަލަށް ހާޒިރުނުވާ މީހުންގެ ގުރުނެގުން މާދަމާ ހެނދުނު 10:00 ގައި ގަލޮޅު ދަނޑުގައި ކުރިއަށް ދާނެ ކަމަށެވެ.

ގުރުއަތު ނެގުމަށް ހާޒިރުވާން ޖެހޭ ތަނާއި ވަގުތުތައް "ގެދޮރުވެރިން ޕޯޓަލް" އަށް ވަނުމުން ފެންނާނެ އެވެ. ގުރުއަތު ލުމަށް ހާޒިރުވާން ޖެހެނީ ގޯތި ލިބޭ ފޯމުގެ އެއް ބައިވެރިއެކެވެ.

ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ވަގުތަށް ގުރުއަތުލުމަށް ހާޒިރު ނުވެއްޖެ ގުރުނެގުމަށް ހަމަޖެހިފައި ވަނީ މީޑިއާ ކުރިމަތީގައި މިނިސްޓްރީގެ ފަރާތުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން 18،955 މީހަކު ގޯއްޗަށް ޝަރުތު ހަމަވާއިރު އެއީ އެއީ 9003 ގޯތި ކަމަށް މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން އެ ހުރިހާ އެންމެންނަށް ގޯތި ކަނޑައި ރަޖިސްޓްރީ ހަވާލު ކުރާނެ އެވެ.