20 އޯގަސްޓް 2023 - 10:40

ހަފްލާތަކަށާއި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ އާޓިފިޝަލް މަލަށް ހާއްސަ ފިހާރައެއް ހުޅުވައިފި އެވެ.
"މާވީ ޑެކޯ"ގެ ނަމުގައި ހުޅުވި މި ފިހާރައިން ބުނީ އާޓިފިޝަލް މަލުން ގެސްޓްހައުސް، ރިސޯޓު އަދި ކެފޭ ރެސްޓޯރަންޓު ޒީނަތްތެރިކުރުމުގެ ހިދުމަތް ދޭ ކަމަށެވެ.
އެ ތަނުން ވިއްކާ އާޓިފިޝަލް މާ ބޭނުންކޮށްގެން އިވެންޓާއި ޕާޓިތައް ފަދަ ހަފްލާތައް ތައްޔާރުކޮށްދިނުމުގެ ހިދުމަތް ދޭ ކަމަށް ވެސް ބުންޏެވެ.
"މާވީ ޑެކޯ" އަކީ އާޓިފިޝަލް މަލުގެ އިތުރުން މާ ޖަހާނެ އެކި ވައްތަރުގެ، އެކި ސައިޒުތަކުގެ ވާސް ވެސް ވިއްކާ ފިހާރައެކެވެ. މި ފިހާރައިގައި ވިއްކާ މާތަކަކީ ވެޑިންތަކާ ގުޅޭ، ވެޑިން ބުކޭ އާއި ސެންޓާ ޕީސް އަދި ޑެކަރޭޝަންގައި ވެސް ބޭނުން ކުރެވޭނެ މާ ކަމަށް އެ ފިހާރައިން ބުންޏެވެ.
ޑެކަރޭޝަނަށް ބޭނުންކުރާ އައިޓަމްތަކުގެ އިތުރުން މި ތަނުން އިލެކްޓްރޯނިކްސް އާއި ބަދިގެ އައިޓަމްތައް ވެސް ވިއްކަ އެވެ. މި ފިހާރައިގައި ޖަޕާންގެ މަޝްހޫރު "ޑައިސޯ" ބްރޭންޑުގެ ޕްރޮޑަކްޓުތަކާއި "ޖީޕާސް" ބްރޭންޑުގެ، ބަދިގެއަށް ހާއްސަ ތަކެތި ހުރެ އެވެ.
މި ފިހާރައިން ވިއްކާ ޕްރޮޑަކްޓުތަކުގެ އިތުރު މައުލޫމާތު 7725959 އިން ލިބޭނެ އެވެ.