ސޮކަ ވެޓަރަންސްގެ އެކަޑަމީ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އަށް
ސޮކަ ވެޓަރަންސްގެ އެކަޑަމީ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އަށް

ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 12 އަހަރުން ދަށުގެ އެކަޑަމީތަކުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އެކަޑަމީ ހޯދައިފި އެވެ.

ސޮކަ ވެޓަރަންސްގެ އެކަޑަމީ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އަށް
ސޮކަ ވެޓަރަންސްގެ އެކަޑަމީ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އަށް

ފައިނަލުގައި މާޒިޔާއާ ދެކޮޅަށް ނުކުތީ އަލިކާ އެކަޑަމީ އެވެ. މާޒިޔާގެ ޓީމު މެޗު ކާމިޔާބު ކުރީ 1-0 ންނެވެ.

ސޮކަ ވެޓަރަންސްގެ އެކަޑަމީ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އަށް
ސޮކަ ވެޓަރަންސްގެ އެކަޑަމީ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އަށް

ޖުމުލަ 106 މެޗު ކުޅެނު މުބާރާތުގައި 22 އެކަޑަމީ އަކުން ވާދަ ކުރި އެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މުބާރާތަކީ 12 އަހަރުންދަށުގެ ކުދިންނަށް ފުޓްބޯޅައިގައި ވާދަކޮށްލަން ލިބުނު އެންމެ ބޮޑު ފުރުސަތެވެ.

ގްރާސްރޫޓް ފުޓްބޯޅަ އަށް ހާއްސަކޮށް އިވެންޓްތައް ބާއްވާ ސޮކަ ވެޓަރަންސްއިން ވަނީ އިތުރު ދެ މުބާރާތެއް މި އަހަރު ބާއްވަން ހަމަޖައްސައިފަ އެވެ.

އެއީ ގްރޭޑް 3 އަދި ގްރޭޑް 4 ގެ ދަރިވަރުންނަށް ހާއްސަކޮށް ސްކޫލް ފުޓްބޯޅަ މުބާރާތެއް އޮކްޓޯބަރު މަހު ބާއްވަން ހަމަޖެހިފައި ވެއެވެ. އުމުރުން 14 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ އެކަޑެމީ މުބާރާތެއް ވެސް މި އަހަރު ސޮކަ ވެޓަރަންސްއިން ބާއްވާނެ އެވެ.