ކުރީގެ ސަރުކާރޭ ކިޔާފައި ދުލެއް ނުކުރާނަން: މުއިއްޒު
ކުރީގެ ސަރުކާރޭ ކިޔާފައި ދުލެއް ނުކުރާނަން: މުއިއްޒު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުން "ކުރީ ސަރުކާރޭ" ކިޔައިގެން ޒިންމާތަކުން ރެކެން އުޅޭ ކަމަށާއި، އޭނާގެ ވެރިކަމެއްގައި އެގޮތަށް ކަންތައްތައް ނުކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރޭ ކިޔާފައި ދުލެއް ނުކުރާނަން: މުއިއްޒު
ކުރީގެ ސަރުކާރޭ ކިޔާފައި ދުލެއް ނުކުރާނަން: މުއިއްޒު

މުއިއްޒުގެ ކެމްޕެއިނަށް ވ. ފެލިދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ސަރުކާރަކުން އިހުމާލު ވެއްޖެ ނަމަ ފެންނާނީ ކަންކަން ބޮއްސުންލައިގެން ދާ ތަން ކަމަށެވެ. އަދި ފެލިދޫގެ ރައްޔިތުން ބޭނުންވާ ކަންކަން ނުވެ އޮތީ ވެސް ސަރުކާރުން އެގޮތަށް މި ރަށަށް އިހުމާލުވެފައި އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން އިހުމާލުވާ ކަންކަމަކީ ދެން އަންނަ ސަރުކާރަކުން ޒިންމާއެއް ކަމުގައި ދެކިގެން އިސްލާހު ކޮށްދޭން ޖެހޭނެ ކަންތައް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮންމެ ރައްޔިތަކަށް ވެސް ހިދުމަތް ދިނުމުގައި ތަފާތުކުރުމެއް ނެތި، އެއީ ކުރީ ސަރުކާރު ކިޔާފައެއް ދުލެއް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.

"މި ސަރުކާރުގެ ކިބައިން ފެނުނީ މުޅިން ވެސް، ފަސް އަހަރު ނިމިގެންދާއިރު ވެސް، ކުރީ ސަރުކާރުގެ ވާހަކަދެއްކި ތަން. އަޅުގަނޑުމެންނަކީ އެގޮތަށް ކިޔައި އަޅުގަނޑުމެންގެ ޒިންމާއިން ރެކޭނެ ބައެއް ނޫން. ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކޮންމެ ސަރުކާރަކުން ފެށި ކަމަށް ވިޔަސް، ރައްޔިތުންނަށް ފައިދާވާ ކޮންމެ ކަމެއް ކޮށްދިނުމަކީ އަޅުގަނޑުމެން އެކަމުގައި އިހުލާސްތެރިކަމާ އެކީގައި ސަމާލުކަން ދޭނެ ކަންތައްތައް."

މުއިއްޒު މ. އަތޮޅަށް ކުރެއްވި ދަތުރު ނިންމާލުމަށް ފަހު މިހާރު ދަތުކުރައްވަނީ، ރާއްޖޭގެ އެންމެ ކުޑަ އާބާދީއެއް އޮންނަ ވ. އަތޮޅުގެ ރަށްތަކަށެވެ. އެންމެ ފުރަތަމަ ވަޑައިގަތީ މި އަތޮޅު ކެޔޮދު އަށާއި ތިނަދު އަށެވެ. ފެލިދުއަށް ފަހު މިއަދު ފުލިދުއަށް ވެސް އޭނާ ވަޑައިގަންނަވާނެ އެވެ.