ޝަރުއީ ދާއިރާ މިނިވަންކޮށްދީ، ފަނޑިޔާރުންގެ މައްސަލަތައް ހައްލުކޮށްދޭނަން: ނާޒިމް
ޝަރުއީ ދާއިރާ މިނިވަންކޮށްދީ، ފަނޑިޔާރުންގެ މައްސަލަތައް ހައްލުކޮށްދޭނަން: ނާޒިމް

ޝަރުއީ ދާއިރާ މިނިވަންކޮށް، ފަނޑިޔާރުންގެ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް، އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއެންޕީން ވާދަކުރައްވާ މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

ޝަރުއީ ދާއިރާ މިނިވަންކޮށްދީ، ފަނޑިޔާރުންގެ މައްސަލަތައް ހައްލުކޮށްދޭނަން: ނާޒިމް
ޝަރުއީ ދާއިރާ މިނިވަންކޮށްދީ، ފަނޑިޔާރުންގެ މައްސަލަތައް ހައްލުކޮށްދޭނަން: ނާޒިމް

ދަނގެތި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް, ކ. ހުރާގައި ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވުމަށްފަހު ވިދާޅުވީ ޝަރުއީ ދާއިރާ އޮތް ހާލަތާ މެދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ކަންބޮޑުވުންވެވަޑައިގަންނަވާ ކަމަށެވެ.

އެ ދާއިރާ މިހާރު ހިނގަމުންދަނީ ރަނގަޅަށް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު މި އަންނަނީ ޖޭއެސްސީ މިނިވަންކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަޖިލީހުގެ ތެރެއިން ޖޭއެސްސީއަކީ މިނިވަން ތަނެއްގެ ގޮތުގައި ހަދާނަން. ފަނޑިޔާރުންނަށް ވެސް އަޅުގަނޑު ދަންނަވާލަން އޮތީ ތި ބޭފުޅުންނަކީ މިނިވަންކަމާ އެކީގައި، އިންސާފުވެރިކަމާ އެކު ކަންކަން ކުރެވޭ ގޮތް ހެދުމަށްޓަކައި އަޅުގަނޑުމެންގެ ސިޔާސީ ނުފޫޒު ތި ބޭފުޅުން އެއްކިބާ ކުރާނަން."

ނާޒިމް ވަނީ ފަނޑިޔާރުންނަށް އެކަށީގެންވާ މުސާރައެއް ދީ، ކޯޓުތަކުގެ ހާލަތު ރަނގަޅުކޮށް އިންސާފު ގާއިމްކުރުމަށްޓަކައި ފަނޑިޔާރުންނަށް ވަސީލަތްތައް ފަހިކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

ފަނޑިޔާރުންގެ އިތުރުން، ދައުލަތުގެ ހަރަދު ކުޑަކުރުމަށް މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރަންޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެއާއެކު، އެ ތަނުގައި މި ވަގުތު ތިބި 87 މެމްބަރުންނަކީ ތިބެން ޖެހޭ އަދަދެއްތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.

ކޮންމެ މެމްބަރަކަށް 80،000ރ. ގެ މުސާރަ ދިނަސް ކުރާނެ މާ ބޮޑު މަސައްކަތެއް ނޯންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ވެސް އެތާ އިންނަ މީހެއް. ހަގީގަތުގައި ކުރާނެ ހަމަ އެއްކަމެއް ވެސް ނުވެ ނެތް. ކޮންމެ އަހަރު ތިން ފަހަރަށް ޗުއްޓީ ދީފައި ތިބޭ ބައެއް. އެތަނަށް ދިޔައީމަ އެލަވަންސް ވެސް ދޭ ބައެއް، ކާން ވެސް ދޭ ބައެއް. މިއީ، ކޮން ފަދަ ކަމެއްތޯ؟ އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް ވެސް ގަބޫލުނުކުރެވޭ އެތާ އިށީނދެގެން އިންނައިރު މިއީ ހައްގު މިންވަރުތޯ، ދޭ ވަރުން ގިނައިން."

"މަޖިލީހުގައި މެމްބަރުންގެ އަދަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަދުކުރާނަން. މުސާރަ ވެސް އިރާދަކުރެއްވިއްޔާ ޕޭ ކޮމިޝަން މެދުވެރިކޮށް މުސާރައިގެ ހަމަހަމަކަން ނެތް މިންވަރު ކުޑަކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސަރުކާރެއްގައި ޕޭ ކޮމިޝަން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ މުސާރަތަކެއް އެންމެ އެކަށީގެންވާ ގޮތަށް ހާމަނައިޒްކޮށް ދައްކާނަން." ނާޒިމް ވިދާޅުވި އެވެ.