ދިޝާ ޕަޓަނީ ލަވައެއް ޑައިރެކްޓުކުރަނީ
ދިޝާ ޕަޓަނީ ލަވައެއް ޑައިރެކްޓުކުރަނީ

ބޮލީވުޑްގެ ތަރި، ދިޝާ ޕަޓަނީ ވީޑިއޯ ލަވައެއް ޑައިރެކްޓުކޮށްފި އެވެ.

"ކިޔު ކަރޫ ފިކަރު" ކިޔާ އެ ލަވައިގެ ޓީޒާއެއް ވެސް މިހާރު ވަނީ ނެރެފަ އެވެ. މިއީ ދިޝާ ޑައިރެކްޝަންގެ މަސައްކަތްކުރާ ވެސް ފުރަތަމަ ފަހަރެވެ.

މި ލަވައިގެ ވީޑިއޯގައި ފެންނަނީ ވެސް ދިޝާ އެވެ.

މި ލަވަ ކިޔާފައި ވަނީ "ނާޗު މެރި ރާނީ " އާއި "ޖުގުނޫ" ކަހަލަ މަޝްހޫރު ލަވަތައް ކިޔާފައިވާ ނިކިތާ ގާންދީ އެވެ.

ލަވައިގެ ޓީޒާ އިންސްޓަގްރާމްގައި ދިޝާ ހިއްސާކޮށް ލިޔުނު ކެޕްޝަންގައިވާ ގޮތުގައި، އެ ލަވައަކީ އަމިއްލަ ނަފުސަށް ލޯބިދިނުމާ ގުޅޭ ގޮތުން ތައްޔާރުކުރި ލަވައެކެވެ.

އެ ލަވަ ޔޫޓިއުބުގައި ރިލީޒްކުރަން ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހެވެ.