ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ރައީސް ޖެހިވަޑައިނުގަންނަވާނެ: އަސްލަމް
ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ރައީސް ޖެހިވަޑައިނުގަންނަވާނެ: އަސްލަމް

ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންނަށް އެއްވެސް ކަމެއްގައި އިތުރުފުޅު ހައްދަވާ ވެރިއެއް ނޫން ކަމަށާއި ދައުލަތުގެ ލޯ ލާރިއެއްގައި ވެސް އެމަނިކުފާނު ޖެހިވަޑައިނުގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރަނިން މޭޓް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ރައީސް ޖެހިވަޑައިނުގަންނަވާނެ: އަސްލަމް
ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ރައީސް ޖެހިވަޑައިނުގަންނަވާނެ: އަސްލަމް

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ޖަގަހައެއް ހުޅުމާލޭގައި ހުޅުއްވައި ދެއްވައި އަސްލަމް ވިދާޅުވީ ވެރިކަމުގައި މިހާރު ހުންނެވި ރައްޔިތުން ދެކެ ލޯބިވާ ވެރިއެއް ކަމަށެވެ. އެމަނިކުފާނަކީ ރައްޔިތުންނާއި ގައުމަށް ތެދުވެރި ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ރައީސް ޖެހިވަޑައިނުގަންނަވާނެ: އަސްލަމް
ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ރައީސް ޖެހިވަޑައިނުގަންނަވާނެ: އަސްލަމް

މިސާލެއްގެ ގޮތުން ދެއްކެވީ ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ހާލަތުގައި ރާއްޖޭގެ ރައްޔިތުންނާ މެދު އަމަލުކުރެއްވި ގޮތެވެ. ރައްޔިތުންނަށް ދަތިވިޔަ ނުދީ އިގްތިސާދީ ގޮތުން ގައުމު ހިފަހައްޓާލެއްވި ކަމަށް ވިދާޅުވި އެވެ.

"އެ ހުރިހާ ކަމެއް ކުރަމުން އިކޮނޮމީ ހިފަހައްޓާލި ހިފަހައްޓާލުމަކީ މޮޅު އިކޮނޮމިސްޓަކު އެކަން ކުރާނެ ގޮތް. ރައްޔިތުންދެކެ ލޯބިވާ ރައީސަކު އެކަން ކުރާނެ ގޮތް. ރައީސް އިތުރުފުޅެއް ނުހައްދަވާނެ. ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައި ނުގަންނަވާނެ. ލިބޭ އެއްޗަކުން އެ ހަރަދު ކުރައްވަނީ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ރައީސް ކޮވިޑު މެނޭޖު ކުރެއްވި ގޮތުގެ ވާހަކަ އަކީ ވަރަށް ގިނަ މީހުން ވަރަށް ގިނަ ގޮތްގޮތަށް ދައްކަ އެވެ.

ނަމަވެސް އެހެން މީހުން އެ ވާހަކަ ދައްކާފައިވާ ގޮތުގެ އިތުރުން އެހެން ގޮތަކަށް އެ ވާހަކަ ދައްކަވަން ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެންވެ ވާހަކަ ފެއްޓެވީ އެމްޑީޕީގެ 2008ވަނަ އަހަރު އުފެދުނު ސަރުކާރުގައި ދިމާވި ކަންކަމުންނެވެ.

"އެމްޑީޕީގެ ފުރަތަމަ ސަރުކާރު އައިއިރު، 2008، ވަނަ އަހަރު އައީ ގްލޯބަލް ފައިނޭންޝަލް ކްރައިސެސްއެއްގެ މެދަށް. އެކަން މެނޭޖު ކުރުމަށް އޭރު އެމްޑީޕީ ސަރުކާރުން އަޅަން ޖެހުނު ފިޔަވަޅުތަކަކީ ސަރުކާރުންގެ މުވައްޒަފުންގެ އަދަދު މަދު ކުރެއްވި. މުސާރަ އުނި ކުރެއްވި،" އަސްލަމް ވިދާޅުވި އެވެ.

"އެކަމުން އަރައިގަންނަންދެން، ބައެއް ތަންތަން ވިއްކާލަން ޖެހުނު. ދައުލަތުން ހަރު މުދާ ކަމުގައި އޭރު ކިޔާ ދިރާގުގެ ހިއްސާ، އެމްޑަބްލިޔުއެސްސީގެ ހިއްސާ ވިއްކާލަން ޖެހުނު. އަދި ރިސޯޓުތައް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު 15 އަހަރަށް އިތުރު ކުރުމަށްފަހު އެޑްވާންސްކޮށް ފައިސާ ނެގި. ޑޮލަރު ފްލޯޓު ކުރުމަށް 20 ޕަސެންޓުގެ ފްލޯޓެއް ގެނެސް އެ މަތިވާ 20 ޕަސެންޓު، 12 ރުފިޔާ 85 ލާރިން 15 ރުފިޔާ 42 ލާރިއަށް އިތުރުވި 20 ޕަސެންޓަކީ އަނެއްކާ ވެސް ބަޖެޓް ސަޕޯޓެއްގެ ގޮތުގައި ކަނޑައެޅި."

އަސްލަމް ވިދާޅުވީ އޭރު އެ ދިމާވި ހާލަތުގައި ދައުލަތުގެ މުދަލާއި މުވައްޒަފުންގެ މުސާރައަށް ގެންނަން ޖެހުނު ބަދަލު ގެނައި ނަމަވެސް މުޅި ދުނިޔެއަށް އައި ކޮވިޑުގެ ބަލިމަޑުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މެނޭޖު ކުރެއްވީ ދައުލަތުން އެއްވެސް މުދަލެއް ނުވިއްކަވާ ކަމަށެވެ.

"މުޅި ދުނިޔެ ހުއްޓިފައިވާ ދަނޑިވަޅެއްގައި [ކޮވިޑްގައި] ރައީސް އެއްވެސް މުވައްޒަފެއްގެ މުސާރައިން އުނިކުރުމެއް ނެތި، އެއްވެސް މީހަކު ވަޒީފާއިން ވަކި ކުރުމެއް ނެތި، ދައުލަތުގައި ހުރި ހަރު މުދަލެއް ވިއްކާ ނުލައި ކޮވިޑް މެނޭޖު ކުރެއްވީ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ކުރެއްވި ކަމަކީ އިންކަމް ސަޕޯޓުގެ ގޮތުގައި އެލަވެންސެއް ދިނުމާއި ޕްރައިވެޓް ސެކްޓާއިން ވެސް ވަޒީފާ ގެއްލިގެން އައި މީހުންނަށް މުސާރަ އާއި އިނާޔަތް ދެއްވުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެ ހުރިހާ ކަމެއް ކުރަމުން އިކޮނޮމީ ހިފަހައްޓާލި ހިފަހައްޓާލުމަކީ މޮޅު އިކޮނޮމިސްޓަކު އެކަން ކުރާނެ ގޮތް،" އަސްލަމް ވިދާޅުވި އެވެ.

މި އިންތިހާބުގައި އިދިކޮޅު ފަރާތަކުން ދައްކާ ވާހަކަތަކަށް ނުބަލައި ކަން ހިނގާފައިވާ ގޮތް އަމިއްލަ އަށް ބެލުމަށް އަސްލަމް އެދިވަޑައިގަތެވެ.