އެސްޓީއޯގެ މުވައްޒަފުންނަށް ހިލޭ ބޭނުންކުރެވޭ ޖިމެއް ހުޅުވައިފި
އެސްޓީއޯގެ މުވައްޒަފުންނަށް ހިލޭ ބޭނުންކުރެވޭ ޖިމެއް ހުޅުވައިފި

އެސްޓީއޯގެ މުވަޒަފުންނަށް އެ ކުންފުނިން ޖިމެއް ހުޅުވައިފި އެވެ.

އެސްޓީއޯގެ މުވައްޒަފުންނަށް ހިލޭ ބޭނުންކުރެވޭ ޖިމެއް ހުޅުވައިފި
އެސްޓީއޯގެ މުވައްޒަފުންނަށް ހިލޭ ބޭނުންކުރެވޭ ޖިމެއް ހުޅުވައިފި

މި ޖިމަކީ އެސްޓީއޯ ގުރޫޕްގައި ހިމެނޭ ހުރިހާ ކުންފުނިތަކެއްގެ މުވައްޒަފުންނަށް ބޭނުންކުރެވޭ ގޮތަށް އެ ކުންފުނީ ސްޓާފް ކުއާޓާޒްގައި ހުޅުވި ޖިމެކެވެ. މި ޖިމް ހުޅުއްވައިދެއްވީ އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ އަބްދުﷲ ސައީދެވެ.

އެސްޓީއޯއިން ބުނީ މި ޖިމަކީ ޖާގައިގެ ގޮތުން ތަނަވަސް، އެއްފަހަރާ އެތައް ބަޔަކަށް ބޭނުންކުރެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ޖިމެއް ކަމަށެވެ. އެތަނުން ބުނީ މި ތަނުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހުންނާނެ ކަމަށެވެ.

ޖިމް ހުޅުވުމުގެ ރަސްމިއްޔާތުގައި އެސްޓީއޯ އެމްޑީ އަބްދުﷲ ސައީދު ވަނީ އެ ޖިމުން އެ ގްރޫޕުގެ އެއްވެސް މުވައްޒަފެއްގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.

އެސްޓީއޯއިން ބުނީ މި ޖިމްގައި ކަސްރަތު ކުރާ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފިޓްނަސް އިންސްޓްރަކްޓަރެއްގެ ހިދުމަތް ވެސް ކުންފުނީގެ ހަރަދުގައި ފޯރުކޮށްދޭނެ ކަމަށެވެ. އަދި މި ޖިމްގައި ފިޓްނަސް އެކި ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.