އަމާން މުޖުތަމައެއް ހޯދޭނީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކޮށްގެން: ރައީސް
އަމާން މުޖުތަމައެއް ހޯދޭނީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކޮށްގެން: ރައީސް

އަމާން މުޖުތަމައެއް ބިނާ ކުރެވޭނީ ނިޒާމުގައި ހުރި މައްސަލަތައް ހައްލު ކޮށްގެން ކަމަށާއި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ މައްސަލަތައް ހައްލު ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އަމާން މުޖުތަމައެއް ހޯދޭނީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކޮށްގެން: ރައީސް
އަމާން މުޖުތަމައެއް ހޯދޭނީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކޮށްގެން: ރައީސް

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުކުރި އެ ޕާޓީގެ މެނިފެސްޓޯގެ ތިން ވަނަ ބައި "އަމާން މުޖުތަމައު" އިފުތިތާހު ކުރުމަށް އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކާ އަޅާ ކިޔާއިރު، އެ މަނިކުފާނުގެ ވެރިކަމުގައި މިދިޔަ ފަސް އަހަރު ބޮޑުތަނުން ހަމަޖެހުން ގެނެސް، ހަމަހަމަކަން ގާއިމް ކޮށްފައިވާ ކަމަށެވެ.

އަމާން މުޖުތަމައެއް ހޯދޭނީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކޮށްގެން: ރައީސް
އަމާން މުޖުތަމައެއް ހޯދޭނީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކޮށްގެން: ރައީސް

ދެން އޮތީ އަމާން މުޖުތަމައަކަށް ދިއުން ކަމަށާއި ހަމަޖެހިލައިގެން ދިރިއުޅުން އާރާސްތު ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ނަމަވެސް ނިޒާމުގައި މައްސަލަތަކެއް ހުރި ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ދީފި ނަމަ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އެ މައްސަލަތައް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ހައްލު ކުރައްވާނެ ކަމަށް ރައީސް މިރޭ ވައުދުވެވަޑައިގަތެވެ.

"ކުށުން ދުރު ކުރުމަށް ކުރަން ޖެހޭ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަން ޖެހޭ. ކުށުގެ ވެއްޓަށް ފާރަވެރިވާން އެބަޖެހޭ. ކުށުގެ ޒިންމާ އެކަށޭނެ ގޮތެއްގައި ނަގައި އާންމު ހާލަތަކަށް އައުމަށް އެހީތެރިވާން ޖެހޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ކުރިޔަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ ތަރައްގީގެ ސިޔާސަތެއް ހިފައިގެން ތިބީ ހަމައެކަނި އެމްޑީޕީ އެވެ. ރާއްޖެ އަށް އިގްތިސާދީ ބޮޑު ބަދަލެއް ގެންނަވާނެ ކަމަށާއި އެކަން ކުރަން އިތުރު ދުވަސްތަކެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

" ޝައްކެއް އޮތް ކަމެއް ނޫން. އިގްތިސާދީ ބޮޑު ބަދަލެއްގެ ބިންގާ މި އަންނަނީ އަޅަމުން. މިކަން އެކީ ނިންމާލެވޭނީ އަދި ދުވަސްކޮޅެއް ލިބިގެން،" ރައީސް ވިދާޅުވި އެވެ.

އެ ތަރައްގީ ކުރިއަށް ނުގެންދެވޭނެ އަނިޔާވެރިކަމެއްގެ ތެރެއަށް އަނބުރާ ދާކަށް އެއްވެސް ދިވެއްސަކު ބޭނުން ނުވާނެ ކަމަށާއި އެ ތަޖުރިބާ ކޮށް ނިމިފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

- ރަށުގައި ފްލެޓު އަޅައި ދިނުން.

- ބާކީ ހުރި މަގުތަކުގައި ތާރު އެޅުން.

- އާ ކައުންސިލް އިދާރާ އަކާއި އޮފީސް އިމާރާތެއް ހެދުން.

- ބޮޑު މިސްކިތެއް ބިނާ ކުރުން.

- ސީޕްލޭން ޕްލެޓްފޯމެއް އެޅުން.

- ގަލަށްގިލި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުން.

- ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އިމާރާތްކުރުން.