ރައީސްގެ މެނިފެސްޓޯގެ އަމާން މުޖުތަމައު: ކުށަށް ހުށަހެޅުމުގެ ކުރިން ސަލާމަތް ކުރެވޭނެ ނިޒާމެއް!
ރައީސްގެ މެނިފެސްޓޯގެ އަމާން މުޖުތަމައު: ކުށަށް ހުށަހެޅުމުގެ ކުރިން ސަލާމަތް ކުރެވޭނެ ނިޒާމެއް!

ޒުވާނުން ކުށްތަކަށް ހުށަހެޅުމުގެ ކުރިން ސަލާމަތް ކުރެވޭނެ ގޮތްތަކާ އެކު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގެ ތިން ވަނަ ބައި "އަމާން މުޖުތަމައު" މިރޭ އިފުތިތާހު ކުރައްވައިފި އެވެ.

ރައީސްގެ މެނިފެސްޓޯގެ އަމާން މުޖުތަމައު: ކުށަށް ހުށަހެޅުމުގެ ކުރިން ސަލާމަތް ކުރެވޭނެ ނިޒާމެއް!
ރައީސްގެ މެނިފެސްޓޯގެ އަމާން މުޖުތަމައު: ކުށަށް ހުށަހެޅުމުގެ ކުރިން ސަލާމަތް ކުރެވޭނެ ނިޒާމެއް!

ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގެ ތިން ވަނަ ބައި އިފުތިތާހުކުރީ އއ. އަތޮޅަށް މިހާރު ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އުކުޅަހުގައި ބޭއްވި ބޮޑު ޖަލްސާގަ އެވެ.

ރައީސްގެ މެނިފެސްޓޯގެ އަމާން މުޖުތަމައު: ކުށަށް ހުށަހެޅުމުގެ ކުރިން ސަލާމަތް ކުރެވޭނެ ނިޒާމެއް!
ރައީސްގެ މެނިފެސްޓޯގެ އަމާން މުޖުތަމައު: ކުށަށް ހުށަހެޅުމުގެ ކުރިން ސަލާމަތް ކުރެވޭނެ ނިޒާމެއް!

މެނިފެސްޓޯގެ ތިން ވަނަ ބައިގައި ރައީސް ވަނީ ސަލާމަތީ ބާރުތަކުގެ އެތެރޭގެ ނިޒާމު ހަރުދަނާ ކުރުމާއި ކުޑަކުދިންނާއި ޒުވާނުން ކުށްތަކަށް އެރުމުގެ ކުރިން ސަލާމަތް ކުރެވޭނެ ކަންކަން ކުރުން ހިމަނުއްވައިފަ އެވެ.

އޭގެ ތެރެއިން އެއްކަމަކީ ސްކޫލް ދައުރުން ފެށިގެން ކުށުގެ ވެއްޓާ ދުރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރޭވުމެވެ. އަދި ޔޫތު ވަޔަލަންސާއި ފައިނޭންޝަލް ކްރައިމްސް އާއި އިންޓަނެޓް-ބޭސްޑް ކްރައިމްސް އާއި ސްކޭމް ކޯލްސް ފަދަ އިމާޖިން ކްރައިމްސް އަށް ހައްލު ހޯދުމުގައި ހުރިހާ އިދާރާއަކުން ވެސް ގުޅިގެން އަމަލުކުރާނެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ވަނީ ނިންމައިފަ އެވެ.

ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ނުވަތަ ހުށަހެޅޭ މީހުންނާ މެދު، ހާއްސަކޮށް އުމުރުން 16 އަހަރުން ދަށުގެ ކުދިންނާއި ޒުވާނުންނަށް އެހީތެރިވުމަށް ޗައިލްޑް-ޕްރޮޓެކްޝަނާއި ފެމިލީ-ސެންޓަރޑް އެޕްރޯޗް ބޭނުން ކުރުމަށް ވެސް މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.

ކުށް މަދުކުރުމަށްޓަކައި ކުށަށް ހުށަހެޅޭ ސަބަބުތައް ދެނެގަނެ، އެ ސަބަބުތައް މެދުވެރިވާ މައްސަލަ އަށް އިދާރާތައް ގުޅިގެން އާއިލީ ވިސްނުމަކުން ވިސްނައި، ކޭސްވޯކް ކުރެވޭނެ ގޮތަށް މަލްޓިސްޓޭކްހޯލްޑާ ޑިޖިޓައިޒްޑް ނިޒާމެއް ގާއިމުކުރާނެ ކަމަށް މެނިފެސްޓޯގައި ބުނެފައިވެ އެވެ.

ގުޅުން ހުރި އިދާރާތައް އެކުލެވޭހެން އިންޓަ އޭޖެންސީ ކޯޑިނޭޝަން ނިޒާމު ހަރުދަނާ ކުރުމަށް ކްރައިމް ޕްރިވެންޝަން ކައުންސިލެއް އެކުލަވާލާނެ ކަމަށް މެނިފެސްޓޯގައި ވެ އެވެ.

ކުށުގެ ވެށިން ދުރުކުރުމަށާއި ކުށުގެ ވެއްޓަށް ފާރަވެރިވުމަށް ހަރަކާތްތެރިވާ އިދާރާތަކުގެ މެދުގައި ގުޅުން ވަރުގަދަކޮށް، ޕްރޮގްރާމްތައް ސްޓްރީމްލައިންކޮށް، ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ކުށް މަދުކުރެވޭނެ ކަމަށް ވެސް މެނިފެސްޓޯގައި ބަޔާންކޮށްފައި ވެ އެވެ.

ގޭންގު ކުށްތައް މަދު ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ޓާގެޓެޑް އިންޓަވެންޝަން އެންޑް ސަޕޯޓް މެކޭނިޒަމްގެ ތެރެއިން ގޭންގު ކުށުގައި ބައިވެރިވުމުގެ ނުރައްކާ އޮތް މީހުން ދެނެގަނެ، ކައުންސިލިން އާއި ވޮކޭޝަނަލް ޓްރެއިނިން ފަދަ ޕްރޮގްރާމްތައް ހިންގަން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ މިއަދުގެ ހާލަތާއި ގުޅޭގޮތަށް ގާނޫނީ އަދި ތަންފީޒީ އޮނިގަނޑު މުރާޖައާ ކުރާނެ ކަމަށް މެނިފެސްޓޯގައި ވެ އެވެ. އޭގެ ތެރޭގައި ޑްރަގް ޓްރެފިކިންގް މައްސަލަތަކަށް ހައްލު ހޯދުމަށް ހާއްސަ އިސްކަމެއް ދޭނެ އެވެ.

- ކުށް މަދުކުރުމާ ގުޅޭ މައުލޫމާތު 10،545 ދަރިވަރަކަށާއި 12،390 ބެލެނިވެރިއަކަށާއި 1،264 ޓީޗަރަކަށާއި 689 ޒުވާނުންނަށް އަދި އެހެނިހެން ފަރާތްތަކުގެ ތެރެއިން 10،698 ފަރާތަކަށް ފޯރުކޮށްދިނުން.

- ފުލުހުންގެ އާ ގާނޫނު ތަސްދީގު ކުރުމާއި ޕޮލިސް ރިފޯމުކޮށް، ޒަމާނީ ފެންވަރަށް ހިދުމަތް ދިނުމަށް ފިޔަވަޅު އެޅުން.

- ނެއިބާހުޑް ޕޮލިސިންގްގެ ނިޒާމަށް ފުލުހުންގެ ހިދުމަތް ބައްޓަންކޮށް، އަވައްޓެރި ފުލުހުންގެ ހިދުމަތް 134 ރަށެއްގައި ގާއިމު ކުރުން.

- ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށުން.

- ޕޮލިސް ކޮލެޖެއް ގާއިމުކޮށް، ފުޅާދާއިރާއެއްގައި ފުލުހުންގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގެ ފަހަރަކު ބައެއް އެކި ރަށްރަށުގައި އިފުތިތާހު ކުރައްވަމުންނެވެ. މިހާތަނަށް އުފާވެރި ދިރިއުޅުމާއި އާ ޒުވާނުންގެ ޖީލުގެ ބައި ވަނީ އިފުތިތާހު ކުރައްވައިފަ އެވެ.