ގޯއްޗަށް ގުރު ނެގުން އޮންނާނީ ހަމައެކަނި ގަލޮޅު ދަނޑުގައި
ގޯއްޗަށް ގުރު ނެގުން އޮންނާނީ ހަމައެކަނި ގަލޮޅު ދަނޑުގައި

މާލެ އިން ދޫކުރާ ގޯތި ލިބޭ މީހުންގެ މެދުގައި ގުރު ނެގުން ހަމައެކަނި ގަލޮޅު ދަނޑުގައި ބާއްވާ ގޮތަށް ބަދަލުކޮށްފި އެވެ.

މި ސަރުކާރުން ދޫކުރާ ގޯތި ލިބޭ މީހުން ކަނޑައަޅަން ގުރު ނެގުން އިއްޔެ ފަށާފައިވާއިރު، މާދަމާ އިން ފެށިގެން ގުރު ނެގުން އޮންނާނީ ހެންވޭރު ދަނޑުގައި ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ.

އެކަމަކު، އެ މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ މާދަމާ އިން ފެށިގެން ވެސް ގުރު ނެގުން އޮންނާނީ ކުރިއެކޭ އެއްގޮތަށް ގަލޮޅު ދަނޑުގައި ކަމަށެވެ.

ގުރުއަތު ނެގުމަށް ހާޒިރުވާން ޖެހޭ ތަނާއި ވަގުތުތައް "ގެދޮރުވެރިން ޕޯޓަލް" އަށް ވަނުމުން ފެންނާނެ އެވެ. ގުރުއަތު ލުމަށް ހާޒިރުވާން ޖެހެނީ ގޯތި ލިބޭ ފޯމުގެ އެއް ބައިވެރިއެކެވެ.

ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ވަގުތަށް ގުރުއަތުލުމަށް ހާޒިރު ނުވެއްޖެ ނަމަ އެ މީހެއްގެ ގުރުއަތު ނަގާނީ އެ މިނިސްޓްރީގެ ފަރާތުން އެކަމަށް ކަނޑައަޅާފައިވާ އޮފިޝަލެކެވެ.

ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން 18،955 މީހަކު ގޯއްޗަށް ޝަރުތު ހަމަވެ އެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން އެ ހުރިހާ އެންމެންނަށް ގޯތި ކަނޑައި ރަޖިސްޓަރީ ހަވާލު ކުރާނެ އެވެ.