ކެމްޕޭންގައި ވެސް ވާދަވެރިންނަށް ދެން އަތެއް ނުވާނެ: ރައީސް
ކެމްޕޭންގައި ވެސް ވާދަވެރިންނަށް ދެން އަތެއް ނުވާނެ: ރައީސް

އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަވެރިންނަށް އެމްޑީޕީ އަތެއް ނުވާނެ ކަމަށާއި ކެމްޕޭންގައި ވެސް އެ ޕާޓީ އުޅެނީ މާކުރީގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ކެމްޕޭންގައި ވެސް ވާދަވެރިންނަށް ދެން އަތެއް ނުވާނެ: ރައީސް
ކެމްޕޭންގައި ވެސް ވާދަވެރިންނަށް ދެން އަތެއް ނުވާނެ: ރައީސް

ދެވަނަ ދައުރަކަށް ކުރައްވާ ކެމްޕޭނަށް އއ. އަތޮޅަށް ވަޑައިގެން ބޮޑުފުޅަދޫގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހުރިހާ ޕާޓީއަކުން ވެސް ކުރަމުން އަންނަ އިރު އެހެން އެއްވެސް ޕާޓީއަކަށް މިހާރު އެމްޑީޕީއާ ގާތް ކޮށްނުލެވޭނެ ކަމަށެވެ.

ކެމްޕޭންގައި ވެސް ވާދަވެރިންނަށް ދެން އަތެއް ނުވާނެ: ރައީސް
ކެމްޕޭންގައި ވެސް ވާދަވެރިންނަށް ދެން އަތެއް ނުވާނެ: ރައީސް

ރައްޔިތުންނާ ބައްދަލު ކުރުން ވިޔަސް ނުވަތަ ރައްޔިތުންނަށް ކޮށްދޭން ހުރި ކަންކަން ވައުދުވުން ކަމަށް ވިޔަސް އެއްވެސް ސިޔާސީ ޕާޓީއަކަށް ދެނެއް ގާތް ނުވެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކެމްޕޭންގައި ވެސް ވާދަވެރިންނަށް ދެން އަތެއް ނުވާނެ: ރައީސް
ކެމްޕޭންގައި ވެސް ވާދަވެރިންނަށް ދެން އަތެއް ނުވާނެ: ރައީސް

"އަޅުގަނޑުމެން މިހާރު ވެސް މި ތިބީ އެތައް ފިޔަވަޅެއް ކުރީގައި. ކައިރި ވެސް ނުކޮށްލެވޭނެ ދެން ތިބި ޕާޓީތަކަށް ކެމްޕެއިނެއްގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކު އުފައްދާފައިވާ ކޯލީޝަނަކީ މިހާތަނަށް އުފެދުނު އެންމެ ބޮޑު ކޯލިޝަނެވެ.

މިހާރު ވެސް 80،000 އާ ގާތް ކުރާ އަދަދަކަށް މެންބަރުން ކޯލިޝަންގައި އެބަތިބި ކަމަށާއި އެއީ މީގެ ކުރިން އެއްވެސް އިންތިހާބެއްގައި ހަދާފައިވާ ވަރަށް ވުރެ ބޮޑު ކޯލިޝަނެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

- ރޯ ހައުސް އެޅުން

- މަގުތަކުގައި ތާރު އެޅުން

- ކައުންސިލް އިދާރާ އާއި ކޯޓާއި ފުލުހުންގެ ހިދުމަތް ދޭން އޮފީހެއް އެޅުން.

- ހޭންޑް ބޯލް ކޯޓާއި ފުޓްސަލް ދަނޑު އެޅުން

- ސްކޫލުގައި 12 ކްލާސްރޫމް އެޅުން.

- ބިން ހިއްކުން

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން މި ދައުރަށް މިހާތަނަށް ވެފައިވާ ވައުދުގެ 90 ޕަސެންޓް ފުއްދިފައިވާ ކަމަށެވެ. އެއީ ވެސް ކުރީގެ އެއްވެސް ސަރުކާރަކަށް ކުރެވުނު ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް ވަނީ އެމަނިކުފާނު ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ ބޮޑުފުޅަދުއަށް ކޮށްދެއްވަން ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އެ ރަށް ކައިރީ ޕިކްނިކް އައިލެންޑެއް އެޅުން ވެސް ހިމެނެ އެވެ.