"ވެލްކަމް 3" ސިނަމާތަކަށް ގެންނަނީ އަންނަ އަހަރު ޑިސެމްބަރުގައި
"ވެލްކަމް 3" ސިނަމާތަކަށް ގެންނަނީ އަންނަ އަހަރު ޑިސެމްބަރުގައި

ބޮލީވުޑްގެ ކޮމެޑީ ފިލްމު ސީރީޒް "ވެލްކަމް 3" އަންނަ އަހަރު ޑިސެމްބަރުގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ފިލްމުގެ ނަމަކަށް "ވެލްކަމް ޓު ދަ ޖަންގަލް" ކިޔަން ވެސް ވަނީ ނިންމައިފަ އެވެ.

"ވެލްކަމް 3" ގައި ވެސް ލީޑު ރޯލު ކުޅޭނީ ފުރަތަމަ ފިލްމުގައި ވެސް ލީޑުން ފެނުނު އަކްޝޭ ކުމާރެވެ. ދެވަނަ ފިލްމުގައި އޭނާ ނޫޅެވެ.

ކާސްޓުގައި ހިމެނޭ އިތުރު ތަރިންނަކީ ސުނިލް ޝެޓީ، ޖެކޮލިން ފެނާންޑޭޒް، ދިޝާ ޕަޓާނީ، އަރްޝަދު ވާސީ އަދި ސަންޖޭ ދަތެވެ.

މި އަހަރު ކުރީ ކޮޅުގައި މި ފިލްމު އިއުލާންކުރީ އޭގެ ޕްރޮޑިއުސަރު ފިރޯޒް ނަޑިއާޑްވާލާ އެވެ.

"ވެލްކަމް"ގެ ފުރަތަމަ ފިލްމު ނެރުނީ 2007 ގަ އެވެ. ދެވަނަ ފިލްމު ގެނެސްދިނީ 2015 ގަ އެވެ. އެ ދެ ފިލްމު ވެސް ޑައިރެކްޓުކުރީ އަނީސް ބަޒްމީ އެވެ. އެކަމަކު ތިން ވަނަ ފިލްމު ޑައިރެކްޓުކުރަނީ "ބާގީ" އާއި "ހީރޯޕަންތީ" ކަހަލަ ފިލްމުތައް ޑައިރެކްޓުކުރި އަހްމަދު ހާން އެވެ.