ޓެކާސް ރިސޯޓް ފުޓްސަލް ކަޕް: ކ. އަތޮޅު އުތުރު ޒޯން ބުރުގެ ފެށުން ބުރާސްފަތި ދުވަހު
ޓެކާސް ރިސޯޓް ފުޓްސަލް ކަޕް: ކ. އަތޮޅު އުތުރު ޒޯން ބުރުގެ ފެށުން ބުރާސްފަތި ދުވަހު

މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގެ އެންމެ ފަހު ޒޯން ކަމަށްވާ މާލެ އަތޮޅު އުތުރުގެ ރިސޯޓްތައް ބައިވެރިވާ "ނޯތު ކާފް" ގެ ކުޅުން ކުރުނބާ މޯލްޑިވްސްގައި ބުރާސްފަތި ދުވަހު ފަށަން ތައްޔާރު ވެއްޖެ އެވެ.

ޓެކާސް ރިސޯޓް ފުޓްސަލް ކަޕް: ކ. އަތޮޅު އުތުރު ޒޯން ބުރުގެ ފެށުން ބުރާސްފަތި ދުވަހު
ޓެކާސް ރިސޯޓް ފުޓްސަލް ކަޕް: ކ. އަތޮޅު އުތުރު ޒޯން ބުރުގެ ފެށުން ބުރާސްފަތި ދުވަހު

ނޯތު ކާފް ޒޯނުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ބަނޑޮސް މޯލްޑިވްސް އާއެކު ޖުމްލަ ނުވަ ޓީމެއް ވާދަ ކުރެ އެވެ. ޒޯންގެ ކުޅުން ކުރިއަށް ދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. މި މަހުގެ 26 އާ ހަމައަށް ކުރިއަށްދާ ގުރޫޕް ސްޓޭޖުގައި، ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ސެމީ ފައިނަލަށް ހޮވޭނެ އެވެ.

ގުރޫޕް އެކެއްގައި ހިމެނެނީ ބަނޑޮހާއި ކުރުނބާ އަދި ޝެރެޓަން އާއި މީރު މޯލްޑިވްސްގެ އިތުރުން އޮބްލޫ ސަންގެލި އެވެ. ދެވަނަ ގުރޫޕުގައި ހިމެނެނީ ޖުމެއިރާ އާއި އޮބްލޫ އަލިފުށި އަދި ބަރޮސް މޯލްޑިވްސް އާއި ކޮކޯ ބޮޑު ހިއްޗެވެ.

ޖުމްލަ ހަތް ޒޯނު ހިމެނޭ މި މުބާރާތުގައި ހަ ޒޯނުގެ ކުޅުން ވަނީ ނިމިފަ އެވެ. ނޯތު ކާފްގެ ޗެމްޕިއަނުންނަށް ސެމީ ފައިނަލުން ފުރުސަތު ލިބޭއިރު، ސެމީގައި ވާދަކުރާނީ ނ. އަތޮޅު ޒޯންގެ ޗެމްޕިއަންކަން ހޯދި ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓާ ދެކޮޅަށެވެ.

ވެލާ އައިލެންޑް ސެމީއަށް ދިޔައީ ކުއާޓާގައި ރ. އަތޮޅުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސް ބަލިކޮށްފަ އެވެ. ޅ. އަތޮޅު ޒޯންގެ ޗެމްޕިއަން ކޮކޫން ބަލިކޮށް ވެލާ ކުއާޓާ އިން ފުރުސަތު ހޯދި އިރު، ޖޯލި ކުއާޓާއަށް ދިޔައީ ބ. އަތޮޅުގެ ޗެމްޕިއަން މިލައިދޫ ބަލިކޮށްފަ އެވެ.

ސެމީގެ ދެވަނަ މެޗުގައި ނުކުންނާނީ އާދިއްތަ ދުވަހު ސައުތު ކާފްގެ ޗެމްޕިއަން ހޯދި ކްރޮސްރޯޑްސް މޯލްޑިވްސް އާއި މެއި މަހު ދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓެވެ.