ހޯނޑެއްދޫގެ އެމްޑީޕީ ހަރުގެ އަށް ކަޅުޔެތޮ ޖަހައި ގެއްލުން ދީފި
ހޯނޑެއްދޫގެ އެމްޑީޕީ ހަރުގެ އަށް ކަޅުޔެތޮ ޖަހައި ގެއްލުން ދީފި

ގދ. ހޯނޑެއްދޫގެ އެމްޑީޕީ ހަރުގެ އަށް ރޭ ބަޔަކު ކަޅުޔެތޮ ޖަހައި ގެއްލުން ދީފި އެވެ.

ހޯނޑެއްދޫގެ އެމްޑީޕީ ހަރުގެ އަށް ކަޅުޔެތޮ ޖަހައި ގެއްލުން ދީފި
ހޯނޑެއްދޫގެ އެމްޑީޕީ ހަރުގެ އަށް ކަޅުޔެތޮ ޖަހައި ގެއްލުން ދީފި

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ހަރުގޭގައި ހުރި ގޮނޑިތަކާއި މޭޒުތަކާއި އެހެން ތަންތަނަށް ވެސް ހުރީ ކަޅުތެޔޮ ޖަހައިފަ އެވެ.

ހޯނޑެއްދޫގެ އެމްޑީޕީ ހަރުގެ އަށް ކަޅުޔެތޮ ޖަހައި ގެއްލުން ދީފި
ހޯނޑެއްދޫގެ އެމްޑީޕީ ހަރުގެ އަށް ކަޅުޔެތޮ ޖަހައި ގެއްލުން ދީފި

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓްކުރީ މިއަދު ހެނދުނު 6:00 ގައި ކަމަށެވެ. އެ މައްސަލާ މީހަކު އަދި ހައްޔަރު ނުކުރާ ކަމަށާއި އެކަން ހިނގި ގޮތް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހޯނޑެއްދޫގެ ހަރުގެ އަށް ގެއްލުން ދިން އިރުގައި، މިދިޔަ ހަފުތާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ވެސް ހުޅުޖަހައި ރޯކުރި އެވެ. އެހެންވެ، އެ މަނިކުފާނު އޭގެ އަނެއް ދުވަހު ހެނދުނު އެ ރަށަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރެއްވި މަޑަވެލީގެ ބަނދަރު ސަރަހައްދުގަ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ދަތުރުފުޅާ ދިމާކޮށް، ހުވަދޫގެ ބައެއް ރަށްރަށުގައި އެ މަނިކުފާނާ ދެކޮޅަށް، އިދިކޮޅު ޕާޓީތަކުން މުޒާހަރާ ވެސް ކުރި އެވެ. ގއ. ވިލިނގިލީގައި ޕީޕީއެމުން ކުރި މުޒާހަރާ ހޫނުވެ، ފުލުހުން ތިން މީހަކު ހައްޔަރު ވެސް ކުރި އެވެ.