ތައްޓެއް ނުލިބުނަސް ބޯލީ ޗެލްސީ އަށް ބިލިއަނުން އޮއްސައިފި
ތައްޓެއް ނުލިބުނަސް ބޯލީ ޗެލްސީ އަށް ބިލިއަނުން އޮއްސައިފި

ލަންޑަން (އޮގަސްޓް 10) - ޗެލްސީން ބްރައިޓަން އަށް ކުޅެމުން އައި އިކުއެޑޯގެ މިޑްފީލްޑަރު މޮއީސެސް ކައިސެޑޯގެ ސޮއި ހޯދުމާ އެކު، މިދިޔަ އަހަރު އެ ޓީމު ހިންގުމާ އަލަށް ހަވާލުވި އޯނަރު ޓޮޑް ބޯލީ، އާ ކުޅުންތެރިން ގަންނަން ކުރި ހަރަދު އެއް ބިލިއަން ޑޮލަރަށް އަރައިފި އެވެ.

ތައްޓެއް ނުލިބުނަސް ބޯލީ ޗެލްސީ އަށް ބިލިއަނުން އޮއްސައިފި
ތައްޓެއް ނުލިބުނަސް ބޯލީ ޗެލްސީ އަށް ބިލިއަނުން އޮއްސައިފި

އުމުރުން 21 އަހަރުގެ ކައިސެޑޯގެ ސޮއި ޗެލްސީން އިއްޔެ ހޯދީ އިނގިރޭސި ރެކޯޑް އަގެއް ކަމަށްވާ 146.1 މިލިއަން ޑޮލަރުގެ އަގަކަށެވެ.

ތައްޓެއް ނުލިބުނަސް ބޯލީ ޗެލްސީ އަށް ބިލިއަނުން އޮއްސައިފި
ތައްޓެއް ނުލިބުނަސް ބޯލީ ޗެލްސީ އަށް ބިލިއަނުން އޮއްސައިފި

މިހާރު ކުރިއަށްދާ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރު އަދި ބަންދެއް ނުވެ އެވެ. މިދިޔަ ސީޒަނުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރާއި މިއަހަރުގެ ޖެނުއަރީ ޓްރާންސްފާ އާއެކު މިހާތަނަށް ޗެލްސީން ކުޅުންތެރިން ގަންނަން ކުރި ހަރަދު ވަނީ 1.04 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. ނަމަވެސް އަދި ޓީމަށް ކާމިޔާބީއެއް ނުލިބެ އެވެ.

ޗެލްސީގެ ކުރީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް 2003 އިން 2022 އަށް ކުޅުންތެރިން ގަންނަން 2.5 ބިލިއަން ޑޮލަރު ހަރަދު ކުރިއިރު، ޗެލްސީން ވަނީ ގިނަ 19 މޭޖާ ޓްރޮފީ ހޯދައިފަ އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގާއި ޗެލްމިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް ހިމެނެ އެވެ.

ކައިސެޑޯގެ ސޮއި ހޯދުމަށްފަހު ރޭ ޗެލްސީން ވަނީ ސައުތެމްޓަނަށް ކުޅެމުން އައި 19 އަހަރުގެ ބެލްޖިއަމް މިޑްފީލްޑަރު ރޯމިއޯ ލެވިއާގެ ޑީލް ވެސް ފައިނަލް ކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ލެވިއާ ގެންނަނީ 63 މިލިއަން ޑޮލަރުގެ އަގަކަށެވެ.

ޗެލްސީން ލެވިއާ އާއި ކައިސެޑޯ ވެސް ހޯދީ، ލިވަޕޫލުން ދެ ކުޅުންތެރިން ގެންދަން މަސައްކަތް ކުރަނިކޮށެވެ.

ކައިސެޑޯއަކީ މި ޓްރާންސްފާ ބާޒާރުގައި ޗެލްސީ އަށް ގެނައި އަށްވަނަ ކުޅުންތެރިޔާއަށެވެ. ލެވިއާގެ ސޮއި ހޯދުމުން އޭނާ ވެގެން ދާނީ ޗެލްސީން މި ސީޒަނަށް ގެނައި ނުވަވަނަ ކުޅުންތެރިޔާއަށެވެ.

◂ އެކްސެލް ޑިސާސީ (50 މިލިއަން ޑޮލަރު)

◂ ކްރިސްޓޮފާ އެންކޫންކޫ (65.7 މިލިއަން ޑޮލަރު)

◂ ނިކޮލަސް ޖެކްސަން (40 މިލިއަން ޑޮލަރު)

◂ ލެސްލީ އުގޯޗުކޫ (30 މިލިއަން ޑޮލަރު)

◂ އެންޖެލޯ ގެބްރިއެލް (16.4 މިލިއަން ޑޮލަރު)

◂ ރޮބާޓް ސަންޗޭޒް (25 މިލިއަން ޑޮލަރަށް)

◂ ޑިއޭގޯ މޮރެއިރާ (ހިލޭ ޓްރާންސްފާ)

ކައިސެޑޯ ބްރައިޓަން އަށް ބަދަލުވީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ފަސް މިލިއަން ޑޮލަރުގެ އަގަކަށެވެ. އޭނާ ޗެލްސީ އަށް ބަދަލުވީ އަށް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. ކައިސެޑޯގެ ޑީލްގައި ޗެލްސީން ބްރައިޓަން އަށް ފުރަތަމަ 127 މިލިއަން ޑޮލަރު ދީފައި ވާއިރު، 19.1 މިލިއަން ޑޮލަރަކީ އޭނާ ޗެލްސީގައި ހޯދާ ކާމިޔާބީތަކުގެ ބޯނަސް އެވެ.

ޗެލްސީން ކައިސެޑޯ އަށް ޓްރާންސްފާގެ ޖުމްލަ އަގު ދައްކައިފި ނަމަ އެއް އަހަރު ތެރޭ އެޓީމުން އިނގިރޭސި ޓްރާންސްފާ ރެކޯޑް ދެ ފަހަރަށް މުގުރާލާނެ އެވެ. އެޓީމުން ވަނީ ޖެނުއަރީ މަހު އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ގަންނަން ރެކޯޑް 132.5 މިލިއަން ޑޮލަރު ހަރަދު ކޮށްފަ އެވެ.

◂ އެންޒޯ ފެނާންޑޭޒް، 132.5 މިލިއަން ޑޮލަރު

◂ މިކައިލޯ މުޑްރިކް، 76.6 ޑޮލަރު

◂ ބެނޯއީ ބަޑިއަޝީލް، 41.6 މިލިއަން ޑޮލަރު

◂ ނޮނީ މަޑުއެކޭ، 38.3 މިލިއަން ޑޮލަރު

◂ މާލޯ ގުސްޓޯ، 32.8 މިލިއަން ޑޮލަރު

◂ އަންޑްރޭ ސަންޓޯސް 13.7 މިލިއަން ޑޮލަރު

◂ ޑޭވިޑް ޑާޓޯ ފޮފާނާ، 13.1 މިލިއަން ޑޮލަރު

◂ ޔާއޯ ފީލިކްސް، 12 މިލިއަން ޑޮލަރު (ލޯނު ފީ)

◂ ވެސްލީ ފޮފާނާ 88 މިލިއަން ޑޮލަރު

◂ މާކް ކުކުރެލާ، 71.5 މިލިއަން ޑޮލަރު

◂ ރަހީމް ސްޓާލިން 60 މިލިއަން ޑޮލަރު

◂ ކަލިދޫ ކުލިބާލީ 41.6 މިލިއަން ޑޮލަރު

◂ ކާނީ ޗުކުމޭކާ، 19.7 މިލިއަން ޑޮލަރު

◂ އެމެރިކް އޮބާމެޔަން، 13.1 މިލިއަން ޑޮލަރު

◂ ގެބްރިއެލް ސޮލީނާ، 10 މިލިއަން ޑޮލަރު

◂ ޑެނިސް ޒަކަރިއާ، 3.3 މިލިއަން ޑޮލަރު (ލޯނު ފީ)

ޗެލްސީގެ އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަންނަނީ، މިދިޔަ ސީޒަންގެ ލީގުގެ 12 ވަނައިގައި ނިންމާލި ޗެލްސީގެ ސްކޮޑު އެއްކޮށް ބަދަލުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޗެލްސީން ވަނީ މަޓެއޯ ކޮވަސިޗް، އެޑުއާޑް މެންޑީ، ކުލިބާލީ، އެންގޯލޯ ކަންޓޭ، މޭސަން މައުންޓް، ކައި ހަވާޓްޒް، ކްރިސްޓިއަން ޕުލިސިޗް، ރުބެން ލޮފްޓަސް ޗީކް، އޮބާމެޔަންގް، އީތަން އަމްޕަޑޫ، ބާބާ ރަހްމާން އަދި ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ވެސް ދޫކޮށްލައިފަ އެވެ. ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ ވަނީ ލޯނު އުސޫލުން ރެއާލް މެޑްރިޑަށް ބަދަލުވެފަ އެވެ.

އާ ސީޒަންގެ ފުރަތަމަ މެޗުގައި ޗެލްސީން ވަނީ ވަރުގަދަ ލިވަޕޫލާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައި 1-1 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފަ އެވެ.