03 ފެބުރުއަރީ 2017 - 06:35

ޖަލުގައި ގިނަ ދުވަސްތަކެއް ހުރުމަށްފަހު މިނިވަންވި ފަހުން ސަންޖޭ ދަތު ކުޅޭ ފުރަތަމަ ފިލްމު "ބޫމީ"ގެ ނުބައިބައި ރޯލު ކުޅެން ޓީވީ އެކްޓަރު ޝަރަދު ކޭލްކަރް ސޮއިކޮށްފި އެވެ.
އޮމަންގް ކުމާރު ޑައިރެކްޓްކުރާ ބަދަލުހިފުމުގެ މި ޑްރާމާގައި ޝަރަދު ބައިވެރިކުރީ އޭނާގެ ފިލްމުގައި ނުބައިބައި ކުޅެން ޝަރަދު ވަރަށް ކަމުދާކަމަށް ގަބޫލުކުރެވިގެން ކަމަށް އޮމަންގް ބުނެފައިވެ އެވެ.
މި ފިލްމުގައި ދައްކަނީ ބައްޕަ އަކާއި ދަރިއެއްގެ މެދުގައި އޮތް ގުޅުމެވެ. އަދިތީ ރާއޯ ހައިދްރީ ވަނީ ސަންޖޭ ދަތުގެ ދަރިފުޅުގެ ރޯލު ކުޅެން ސޮއިކޮށްފަ އެވެ.
މި ފިލްމުގެ ޝޫޓީން މިމަހު އިންޑިއާގެ އާގަރާގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ޓީ ސީރީޒް އާއި ލެޖެންޑް ސްޓޫޑިއޯއިން ޕްރޮޑީއުސްކުރާ މި ފިލްމު ރިލީޒްކުރާނީ މިއަހަރުގެ އޮގަސްޓް 4 ވަނަ ދުވަހު އެވެ.