ހުޅުމާލެ ރަށު މާރުކޭޓުން 25 ގޮޅި ކުއްޔަށް ދޭން ހުޅުވާލައިފި
ހުޅުމާލެ ރަށު މާރުކޭޓުން 25 ގޮޅި ކުއްޔަށް ދޭން ހުޅުވާލައިފި

ހުޅުމާލޭގެ ރަށު މާރުކޭޓުން 25 ގޮޅިއެއް ކުއްޔަށް ދޭން އާބަންކޯ އިން މިއަދު ހުޅުވާލައިފި އެވެ.

ހުޅުމާލެ ރަށު މާރުކޭޓުން 25 ގޮޅި ކުއްޔަށް ދޭން ހުޅުވާލައިފި
ހުޅުމާލެ ރަށު މާރުކޭޓުން 25 ގޮޅި ކުއްޔަށް ދޭން ހުޅުވާލައިފި

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭ އެމްޓީސީސީ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ރަަށު މާރުކޭޓުން 25 ގޮޅި ކުއްޔަށް ދޫކުރާނީ ބީލަމުގެ އުސޫލުން ކަމަށެވެ. އެ ގޮޅިތައް ހިންގުމަށް ކުއްޔަށް ދޭނެ ފަރާތެއް ކަނޑައަޅާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށް ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

• ގޮޅިތައް ކުއްޔަށް ދެނީ ދެ އަހަރަށް.

• ގޮޅިތަކުގެ ބޮޑުމިނަކީ 73.33 އަކަފޫޓް.

• ބީލަން ފެށޭ އަގަކީ 3،500ރ.

އިއުލާނުގައިވާ ގޮތުން، އެ ގޮޅިތައް ކުއްޔަށް ދޭނީ 18 އަހަރު ފުރިފައިވާ ދިވެހިންނަށް އެކަންޏެވެ. އަދި ހުޅުމާލެ ރަށު މާރުކޭޓުން މިހާރު ވެސް ގޮޅި ކުއްޔަށް ނަގާފައި ހުރި މީހަކަށް ވެގެން ނުވާނެ އެވެ.

އެ ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ މީހުން މި މަހުގެ 30 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ. ބީލަން ހުޅުވުން ވެސް އޮންނަނީ ހަމަ އެ ދުވަހު އެވެ.

އާބަންކޯ އިން ވަނީ މިދިޔަ މާޗު މަހު ވެސް އެތަނުން ގޮޅި ކުއްޔަށް ދީފަ އެވެ.