ހުޅުމާލެ ހާފްވޭ ހައުސްގައި ހެދި ކްލިނިކް ހުޅުވައިފި
ހުޅުމާލެ ހާފްވޭ ހައުސްގައި ހެދި ކްލިނިކް ހުޅުވައިފި

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހެދި ހާފްވޭ ހައުސްގެ ކްލިނިކް އިއްޔެ ހުޅުވައިފި އެވެ.

ހުޅުމާލެ ހާފްވޭ ހައުސްގައި ހެދި ކްލިނިކް ހުޅުވައިފި
ހުޅުމާލެ ހާފްވޭ ހައުސްގައި ހެދި ކްލިނިކް ހުޅުވައިފި

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި "ދާލަން" ކްލިނިކް ހުޅުއްވައިދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ.

ހުޅުމާލެ ހާފްވޭ ހައުސްގައި ހެދި ކްލިނިކް ހުޅުވައިފި
ހުޅުމާލެ ހާފްވޭ ހައުސްގައި ހެދި ކްލިނިކް ހުޅުވައިފި

ހާފްވޭ ހައުސް މީގެ ކުރިން ވެސް ހިންގި ތަން ވަރަށް ބޮޑަށް މަރާމާތުކޮށް އަދި އާ އިމާރާތެއް އެޅުމަށް ފަހު އަންހެނުންނަށް ހާއްސަކޮށްގެން ހެދި ރިހިބިލިޓޭޝަން ސެންޓަރާ އެކު ހުޅުވީ މިދިޔަ އަހަރު ނޮވެމްބަރުގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، "ދާލަން" ކްލިނިކަކީ ހުޅުމާލެ ހާފްވޭ ހައުސްގައި ހަދާފައިވާ އަންހެނުންގެ ރިހެބިލިޓޭޝަން ސެންޓަރުގައި ހުރި ކްލިނިކްގައި ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށް، އަންހެނުންނަށް ހާއްސަ ބަލިތަކާއި އެ ނޫން ވެސް އާ ހިދުމަތްތަކާ އެކު ހުޅުވޭ ކްލިނިކެކެވެ.

އެ ކްލިނިކުން ދޭ ހިދުމަތްތައް ހާއްސަކުރަނީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުރެގެން އެކަމަށް ފަރުވާ ބޭނުންވާ އަންހެނުންނަށާއި އާއިލާ ރޭވުމުގައި އަންހެނުންނަށް ދިމާވާ ހާއްސަ ހާލަތްތަކަށް އަމާޒުކޮށްގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

• އާންމު ބަލިތަކަށް ފަރުވާދިނުން.

• އަންހެނުންގެ ހާއްސަ ބަލިތަކަށް ފަރުވާދިނުން.

• އެޑިކްޝަން އަށް ފަރުވާދިނުން.

• މައިނާ ޕްރޮސީޖަގެ ހިދުމަތްތައް.

• ސިނގިރޭޓް ބުއިން ހުއްޓުވުމަށް އެހީތެރިވެދޭ ޓޮބޭކޯ ސެސޭޝަން ތެރަޕީ.

• ދަރިމައިވުމުގެ ސިއްހަތާއި އާއިލާ ރޭވުން ފަދަ ކަންކަމަށް މީހުން އަހުލުވެރިކުރުވުމަށް ހިންގާ ޕްރޮގްރާމްތައް.

• އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ހިދުމަތް ދޭނެ.

• ވާޗުއަލްކޮށް ވެސް ކްލިނިކްގެ ހިދުމަތްތައް ލިބޭނެ.

ދަރިމައިވުމުގެ ސިއްހަތާއި އާއިލާ ރޭވުން ފަދަ ކަންކަމަށް މީހުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގަނީ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އާއި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) ގެ އެހީތެރިކަމާ އެކުގަ އެވެ.

"މި ކްލިނިކްގެ ހިދުމަތް ފެށުމާ އެކު، މަރުކަޒު ކުރެވިގެން ފަރުވާ ހޯދަން ދަތިތައް ކުރިމަތިވާ ގިނަ ފަރާތްތަކަށް މުޖުތަމައުގައި ތިބެގެން ސިއްހީ އެހީތެރިކަމާ އެކު ޒިންމާދާރު އަދި ދުޅަހެޔޮ މީހަކަށް ވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

އެ ހާފްވޭ ހައުސްގައި ހުންނަ އަންހެނުންނަށް ހާއްސަ ރިހިބިލިޓޭޝަން ސެންޓަރަކީ އެއްފަހަރާ 20 މީހުންނަށް ފަރުވާ ދެވޭނެ ތަނެކެވެ. އަދި ރިހެބް ސެންޓަރުން ފަރުވާ ދިނުމަށް ފަހު، ހާފްވޭ ހައުސްގައި އެއްފަހަރާ 58 މީހުންނަށް ތިބެވޭނެ ޖާގަ އޮވެ އެވެ.