ރައީސްގެ ޗެލެންޖު: "އެއްވެސް ކެންޑިޑޭޓަކަށް އަޅުގަނޑުގެ ސިޔާސަތުތަކާ ވާދަކޮށްނުލެވޭނެ!"
ރައީސްގެ ޗެލެންޖު: "އެއްވެސް ކެންޑިޑޭޓަކަށް އަޅުގަނޑުގެ ސިޔާސަތުތަކާ ވާދަކޮށްނުލެވޭނެ!"

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހަތް ކެންޑިޑޭޓުން ކުރެ އެއްވެސް ކެންޑިޑޭޓަކަށް ވާދަކޮށްލެވޭ ވަރުގެ ސިޔާސަތެއް ނުދެއްކޭނެ ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗެލެންޖު ކުރައްވައިފި އެވެ.

ރައީސްގެ ޗެލެންޖު: "އެއްވެސް ކެންޑިޑޭޓަކަށް އަޅުގަނޑުގެ ސިޔާސަތުތަކާ ވާދަކޮށްނުލެވޭނެ!"
ރައީސްގެ ޗެލެންޖު: "އެއްވެސް ކެންޑިޑޭޓަކަށް އަޅުގަނޑުގެ ސިޔާސަތުތަކާ ވާދަކޮށްނުލެވޭނެ!"

ދެވަނަ ދައުރަކަށް ރައީސް އެކުލަވާލައްވާފައިވާ "އުފާވެރި އަމާން ރާއްޖެ" މެނިފެސްޓޯގެ "އާ ޒުވާނުންގެ ޖީލް" ސިޔާސަތު ހާމަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ވާދަވެރި އެހެން ކެންޑިޑޭޓުންގެ ސިޔާސަތެއް ނެތް ކަމަށެވެ.

ރައީސްގެ ޗެލެންޖު: "އެއްވެސް ކެންޑިޑޭޓަކަށް އަޅުގަނޑުގެ ސިޔާސަތުތަކާ ވާދަކޮށްނުލެވޭނެ!"
ރައީސްގެ ޗެލެންޖު: "އެއްވެސް ކެންޑިޑޭޓަކަށް އަޅުގަނޑުގެ ސިޔާސަތުތަކާ ވާދަކޮށްނުލެވޭނެ!"

"އަޅުގަނޑަށް ހަމަ ޔަގީން، އެ ވާދަކުރައްވާ ހަމަ އެއްވެސް ބޭފުޅަކަށް. ހަމަ އެއްވެސް ބޭފުޅަކަށް އަޅުގަނޑުމެންގެ ސިޔާސަތުތަކާ ވާދަކުރެވޭނެ ސިޔާސަތުތަކެއް ހުށައެއް ނޭޅޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ވާދަވެރި ކެންޑިޑޭޓުންނަށް ފާޑު ވެސް ވިދާޅުވެފަ އެވެ. އެގޮތުން އެއް ކެންޑިޑޭޓަކު ނުކުމެ ހުންނެވީ ހަތިޔާރާއި ކަނޑި، ބަޑި ހިފައިގެން ކަމަށާއި އަނެއް ބަޔަކު ހެނދުނު ދައްކާ ސިޔާސަތު ހަވީރުވާއިރު އޮންނަނީ ބަދަލުވެފައި ކަމަށާއި ރޭގަނޑު ދައްކަނީ މުޅިން އެހެން ވާހަކައެއް ކަމަށް ވިދާޅުވި އެވެ.

އެ ބޭފުޅުންނަށް ރައްޔިތުން އެދޭ ފަދަ ސިޔާސަތުތަކެއް ނުދެއްކޭނެކަން އެނގިވަޑައިގަންނަވަނީ އެހެންވެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ބަދަލުގައި މި ސަރުކާރުން ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުންގެ އަޑުއަހައިގެން މި ހުށަހަޅަނީ އެންމެ ބޭނުންވާ ސިޔާސަތުތައް ކަމަށް ރައީސް ވިދާޅުވި އެވެ.

ޖުމްލަ އަށް ވައުދެއްގެ ދަށުން ރައީސް މިރޭ ވަނީ ޒުވާނުންނަށް ގިނަ ކަންތައްތަކަކަށް ވައުދުވެވަޑައިގެންފަ އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޒުވާނުންނަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވޭތީ ކަމަށެވެ. ހާއްސަ ގޮތެއްގައި ތައުލީމީ ގޮތުން ހޯދައިދެވުނު ފުރުސަތުތަކަކީ ވަރަށް ބޮޑަށް ހިތްހަމަޖެހޭ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

"އެންމެ ފަހުރުވެރިވާ ކަމަކީ ތައުލީމް ހޯދައިދިނުމަށް ކުރެވުނު މަސައްކަތްތައް. ހިލޭ ޑިގްރީގެ ދަށުން 18،000 އަށްވުރެ ގިނަ ޒުވާނުން އެ ދަނީ ކިޔަވަމުން. ހަތް ހާހަށް ވުރެ ގިނަ ކުދިންގެ ޑިގްރީ ނިމިއްޖެ،" ރައީސް ވިދާޅުވި އެވެ.

ވެލިދޫގައި ހުންނަވައި ރައީސް ވާހަަކަ ދެއްކެވިއިރު، މި ރަށަށް ވެސް ވަނީ ވައުދުތަކެއް ކުރައްވައިފަ އެވެ.

- ފަޅު ތެރޭގައި ޕިކްނިކް އައިލެންޑެއް ހެދުން

- ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް

- ސްޕޯޓްސް ކޮމްޕްލެކްސްއެއް

- ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުން

- ފުލުހުންގެ ހިދުމަތުގެ އާ އިމާރާތް

- އާ އިންޖީނުގެއެއް އެޅުން

ރައީސް ވިދާޅުވީ މި ދެ ދުވަހު ނ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުން ފެނިގެން ދިޔައީ މި އަތޮޅު ބޮޑު ތަނުން މި ސަރުކާރާ އެކު އޮތް ތަން ކަމަށެވެ. އަތޮޅުގެ ރައްޔިތުންގެ ތާއިދާ އެކު އިންތިހާބުން ބޮޑު އަގުލަބިއްޔަތަކުން މޮޅުވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.