13 އޯގަސްޓް 2023 - 15:13

ބީއެމްއެލް ކްރެޑިޓް ކާޑުން ވިޔަފާރި ކޮށްގެން މެލޭޝިއާ އާއި ތައިލެންޑަށް ދެވޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ ކްރެޑިޓް ކާޑުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން ހާއްސަ ދަތުރެއް ލިބޭނެ ކަމަށެވެ. ބީއެމްއެލް އިން ވަނީ އަލަށް ކްރިޑް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ އިނާމުތަކެއް ވެސް ހުށަހަޅައިފަ އެވެ.
މި ޕްރޮޝަންގެ ދަށުން އޮކްޓޫބަރު މަހުގެ ނިޔަކަށް ކްރެޑިޓް ލިމިޓްގެ 80 ޕަސެންޓް ބޭނުން ކުރާ ފުރަތަމަ 300 ކަސްޓަމަރުންނަށް 1،500 ރުފިޔާގެ ކޭޝްބެކެއް ލިބޭނެ އެވެ. އަދި އެ މުއްދަތުގެ ނިޔަލަށް ބީއެމްއެލް ރިވާޑްސްއަށް ރަޖިސްޓާކުރާ އާ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އިތުރު 1،000 ރިވާޑް ޕޮއިންޓް ލިބޭނެ އެވެ.
އަލަށް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންގެ އިތުރުން މިހާރު ވެސް ކްރެޑިޓް ކާޑު ބޭނުންކުރަމުންދާ ކަސްޓަމަރުންގެ ތެރެއިން އޮކްޓޫބަރު މަހުގެ ނިޔަލަށް ކްރެޑިޓް ކާޑުން 3،000 ރުފިޔާގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.