01 ފެބުރުއަރީ 2017 - 14:29

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެ އަށް ދެމުން އަންނަ ސްކޮލަޝިޕަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
އެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޭޕްރީލް 30 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މި ސްކޮލަޝިޕް ލިބޭ ދަރިވަރުން ކިޔަވަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ.
މާސްޓާސް ފެންވަރަށް ކިޔަވަން ހުޅުވާލި މި ސްކޮލަޝިޕް ދިނުމުގައި އިސްކަންދެނީ މައިގަނޑު ހަތަރު ދާއިރާއަކަށެވެ. އެއީ އިގުތިސާދާއި ތިމާވެއްޓާއި ތައުލީމް އަދި ގުޑް ގަވަނެންސްގެ ދާއިރާ އެވެ.
މީގެ ކުރިން އޮސްޓްރޭލިއާ އެވޯޑްސް އިން ވަނީ ޑިގްރީ އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ދީފައި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރާއި މިއަހަރު ހާއްސަކޮށްފައިވަނީ ހަމައެކަނި މާސްޓާސް ޕްރޮގްރާމްތަކަށް އެކަންޏެވެ.
ސްކޮލަޝިޕަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން 50 ޕަސެންޓް ހާއްސަކޮށްފައިވަނީ އަންހެނުންނަށް ކަމަށް އޮސްޓްރޭލިއާ އެވޯޑްސްގެ ވެބްސައިޓުގައި ފާހަގަކޮށްފައި ވެ އެވެ. އަދި ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް ކިޔެވުމުގެ ހުރިހާ ހަރަދެއްގެ އިތުރުން އޮސްޓްރޭލިއާ އަށް ދެކޮޅު ދަތުރުގެ ޓިކެޓާއި މެޑިކަލް އިންޝުއަރެންސް އަދި އެހެނިހެން އިނާޔަތްތައް ވެސް ދޭނެ އެވެ.
އޮސްޓްރޭލިޔާ އެވޯޑްސްއަށް ކުރިމަތި ލުމާ ބެހޭ ހުރިހާ މައުލޫމާތެއް އޮސްޓްރޭލިޔާ އެވޯޑްސް މޯލްޑިވްސްގެ ވެބްސައިޓު www.australiaawardsmaldives.org އިން ލިބޭނެ ކަމަށް އެތަނުން ބުނެ އެވެ.
އެ ގައުމުން މިއަހަރު ވެސް ދިވެހި 16 ދަރިވަރަކަށް ސްކޮލަޝިޕް ދީފައި ވެ އެވެ.