މާލޭ ރައްޔިތުންނަށް އަންނަ އަންގާރަ ދުވަހު ގޯތި ދޫކުރަން ފަށަނީ
މާލޭ ރައްޔިތުންނަށް އަންނަ އަންގާރަ ދުވަހު ގޯތި ދޫކުރަން ފަށަނީ

މާލޭގެ ރައްޔިތުންނަށް އަންނަ އަންގާރަ ދުވަހު ގޯތި ކަނޑައި، ދޫކުރަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ ރައްޔިތުންނަށް އަންނަ އަންގާރަ ދުވަހު ގޯތި ދޫކުރަން ފަށަނީ
މާލޭ ރައްޔިތުންނަށް އަންނަ އަންގާރަ ދުވަހު ގޯތި ދޫކުރަން ފަށަނީ

ދެވަނަ ދައުރެއްގެ ރިޔާސީ ކެމްޕެއިންގައި ނ. ކުޑަފަރީއަށް މިއަދު ވަޑައިގެން ބޭއްވި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ރައްޔިތުން އެންމެ އެދިއެދި ތިބި އެއް ކަންތައް ކަމަށެވެ. ހާއްސަކޮށް އެ ދަތިކަން މާލޭގައި ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

މާލޭ ރައްޔިތުންނަށް އަންނަ އަންގާރަ ދުވަހު ގޯތި ދޫކުރަން ފަށަނީ
މާލޭ ރައްޔިތުންނަށް އަންނަ އަންގާރަ ދުވަހު ގޯތި ދޫކުރަން ފަށަނީ

މާލެ ސަރަހައްދުގައި އެ ދަތިކަން ހައްލުކުރުމަށް، މާލޭގެ ރައްޔިތުން އެދެމުން އައި ގޮތަށް މި ސަރުކާރުން ކުރަން ނިންމި އެންމެ މުހިންމު މަސައްކަތަކީ މާލޭ ސަރަހައްދުން ގޯތި ދޫކުރުން ކަމަށް ވިދާޅުވި އެވެ.

މާލޭ ރައްޔިތުންނަށް އަންނަ އަންގާރަ ދުވަހު ގޯތި ދޫކުރަން ފަށަނީ
މާލޭ ރައްޔިތުންނަށް އަންނަ އަންގާރަ ދުވަހު ގޯތި ދޫކުރަން ފަށަނީ

ގޯތި ހައްގުވާ މީހުންނަށް، ރައީސް ވިދާޅުވި ގޮތުގައި، އަންނަ އަންގާރަ ދުވަހުން ފެށިގެން ގޯތި ދޫކުރަން ފަށާނެ އެވެ.

"ޕްލޭނަކީ 15 ވަނަ ދުވަހުން ފެށިގެން ގޯތިތައް ދޫކުރުން. ކޮންމެ ދުވަހަކު ކޮންމެ ވެސް އާއިލާއަކަށް ގޯތި ދޭތަން ފެންނާނެ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ ގޮތުގައި ހުޅުމާލޭގައި މިހާރު ހިއްކާފައި އޮތް ބިމުން 2،200 ގޯތި، ގުޅިފަޅުން މަދުވެގެން 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން ވެސް 2،000 ގޯތި ދޭނެ އެވެ. ސަރުކާރުން ފުރަތަމަ އިއުލާންކުރީ 5،000 ގޯތި ދޫކުރުމަށެވެ. ނަމަވެސް، ފަހުން ރައީސް ވިދާޅުވެފައި ވަނީ ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭނެ ކަމަށެވެ.

ރައީސް ވަނީ ކުޑަފަރީގެ ބޯހިޔާވަހިކަން ހައްލުކޮށްދިނުމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ކުޑަފަރީގައި ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި 200 އާއިލާއަށް ބޭނުންވާ ރޯހައުސް އަންނަ ދައުރުގައި އަޅާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި، އަމިއްލަ ގޯތި އަޅަން ބޭނުންވާ ފަރާތްތަކަށް ހަ ޕަސެންޓަށްވުރެ ކުޑަ އިންޓްރެސްޓްގައި ލޯނު ލިބޭނެ ގޮތް ހަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

- ރޯހައުސް އެޅުން

- ސްކޫލްގައި ސައިންސް ލެބެއް

- މަގު ހެދުން

- ޕަވާ ހައުސް އެޅުން

- ސިއްހީ މަރުކަޒު 16 ގަޑިއިރަށް ބަދަލުކޮށް، އާ ސިއްހީ މަރުކަޒު އިމާރާތެއް އެޅުން

- ބަނދަރު އަޕްގްރޭޑްކޮށް ސާފިން ޕޮއިންޓް ހިމާޔަތްކުރުން

- އޭޓީއެމް ގާއިމްކުރުން

ރައީސް ވިދާޅުވީ މި ސަރުކާރުން ވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދިނުމުގެ މަސައްކަތް ފަށާފައި ކަމަށާއި ދެން އޮތީ އެކަންކަން ހިމުންކޮށް ކުރިއަށް ދިޔުން ކަމަށެވެ. އެކަން ދެން ވެސް ކޮށްދެވޭނީ މި ސަރުކާރަށް ކަމަށާއި އެކަމުގެ ތަޖުރިބާ ވެސް އޮތީ މި ސަރުކާރުގައި ކަމަށް ވިދާޅުވި އެވެ.

"މި ކޯލިޝަނަކީ ސިޔާސީ ތަޖުރިބާ އެންމެ ބޮޑު، ރައްޔިތުންގެ ހިތްތަކުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގޭނެ ލީޑަޝިޕް އޮތް ކޯލިޝަން. އަޅުގަނޑު ވެސް މެދުނުކެނޑި 30 އަހަރު މި ހޭދަކުރެވުނީ ރައްޔިތުންގެ ހިދުމަތުގައި. ރައްޔިތުންގެ ހިތުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގޭނެ ކޯލިޝަނަކީ މިއީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނާއި ކޯލިޝަން އެހެން ލީޑަރުންގެ ވެސް އަމިއްލަ ބޭނުމެއް ނެތެވެ. އޮތީ ހަމައެކަނި ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމެވެ.

"ސިޔާމް ބޭނުމެއް ނުވޭ ފަޅެއް، ރަށެއް، ފުދިފައި އެ ހުރީ. ފަޅެއްގެ ބޭނުމުގައި ރަށެއްގެ ބޭނުމުގައި ސަރުކާރަށް ދައްކަން އެދޭނެ ފައިސާ މާފުކޮށްދޭން އެދޭނެ މީހެއް މި ކޯލިޝަނަކު ނެތް، ރައްޔިތުންނަށް ހިދުމަތް ކުރުން އޮތީ. ފަށާފައިމިވާ މަސައްކަތްތައް ނިންމުން އޮތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުން އެމަނިކުފާނަށް އެންމެ އިތުބާރު ބޮޑު އަތޮޅަކީ ނ. އަތޮޅެވެ.

"އެންމެ ބޮޑު ކުރިއެރުމެއް ލިބޭނީ މި އަތޮޅުކަން ޔަގީން، ބޮޑު ތަނުން ކާމިޔާބުވާތަން ފެންނަނީ،" ރައީސް ވިދާޅުވި އެވެ.