ސިޔާސީ ގޮތުން ދެން އަރާނެ ތަނބެއް، ހާސިލްކުރާނެ މަގުސަދެއް ނެތް: ރައީސް
ސިޔާސީ ގޮތުން ދެން އަރާނެ ތަނބެއް، ހާސިލްކުރާނެ މަގުސަދެއް ނެތް: ރައީސް

ސިޔާސީ މައިދާނަށް ބަލާއިރު، މިހާރު ހުންނެވީ ދެވޭނެ އެންމެ އުހުގައި ކަމަށާއި އަންނަ ދައުރުގައި ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުން ފިޔަވައި، ސިޔާސީ ގޮތުން ވެސް ހާސިލްކުރަން ބޭނުންވާނެ އެއްވެސް ކަމެއް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ގޮތުން ދެން އަރާނެ ތަނބެއް، ހާސިލްކުރާނެ މަގުސަދެއް ނެތް: ރައީސް
ސިޔާސީ ގޮތުން ދެން އަރާނެ ތަނބެއް، ހާސިލްކުރާނެ މަގުސަދެއް ނެތް: ރައީސް

ދެވަނަ ދައުރެއްގެ ކެމްޕޭނަށް، މާޅެންދޫއަށް ރައީސް މިއަދު ހެނދުނު ވަޑައިގަތުމުން އެމަނިިކުފާނަށް ހޫނު މަރުހަބާއެއްކި އެވެ. ރަށުގެ ބަނދަރު މަތި ވަނީ އެމްޑީޕީ އާއި ކޯލިޝަން ޕާޓީއެއް ކަަމަށްވާ އެމްޑީއޭގެ ދިދަތަކުން ފުރާލައިފަ އެވެ. އެހާ ގިނަ ބަޔަކު ނުކުތުމުން އެކަން ފާހަގަކުރައްވައި، ބޮޑު ތާއިދެއް މާޅެންދޫން ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ދެން އަރާނެ ތަނބެއް، ހާސިލްކުރާނެ މަގުސަދެއް ނެތް: ރައީސް
ސިޔާސީ ގޮތުން ދެން އަރާނެ ތަނބެއް، ހާސިލްކުރާނެ މަގުސަދެއް ނެތް: ރައީސް

ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި އަމާޒު ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ ވެރިކަމުގެ އެއް ދައުރު ނިމިއްޖެ ކަމަށާއި ސިޔާސީ ގޮތުން އެމަނިކުފާނު ދެން އިތުރަށް އަރާނެ ތަނބެއް ނެތް ކަމަށެވެ.

"އެހެންވީމަ ސިޔާސީ މަގުސަދެއްގައި އަޅުގަނޑު ކުރާނެ އިތުރު ކަމެއް ދެން ނޯންނާނެ. އަޅުގަނޑުގެ މަގުސަދަކީ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުން، އެ ނޫން އެހެން އެއްވެސް މަގުސަދެއް އަޅުގަނޑުގެ ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ދައުރުގައި އުމްރާނީ ގިނަ މަޝްރޫއުތަކާއި އިޖުތިމާއީ އެތައް ކަމެއް ކޮށްދެވިއްޖެ ކަމަށެވެ. އެކަންކަމުގެ ނަތީޖާ ނުކުންނަން އަދި ދުވަސް ނަގާނެ ކަމަށާއި އެކަންކަން ހާސިލްވުމުން ރައްޔިތުންނަށް ލިބިގެންދާނީ މާ އުފާވެރި ދިރިއުޅުމެއް ކަމަށް ވިދާޅުވި އެވެ.

"އަންނަ ދައުރު ނިމިގެންދާއިރު މާ އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދޭނަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަންނަ ދައުރުގައި ކުރަން ރާވާފައިވާ ހުރިހާ ކަމަކީ ވެސް، ރައްޔިތުން އެދެމުންދާ އުފާވެރި، ހަމަޖެހޭ ދިރިއުޅުން ހޯދައިދިނުމަށް ވެފައިވާ ވައުދުތައް ކަމަށެވެ. ހާއްސަ ގޮތެއްގައި ރަށްރަށުގައި ތިބި ޒުވާނުންނަށްޓަކައި މި ސަރުކާރުން ކުރަމުން އަންނަ ކަންކަން ރައީސް ފާހަގަކުރެއްވި އެވެ.

މި ދައުރުގައި ހާސިލްވީ ކަންކަމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ކުޅިވަރާ ގުޅޭ 500 އަށްވުރެ ގިނަ މަޝްރޫއު މިހާރު ވެސް ހިންގަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތައް މާޅެންދޫގައި ވެސް ހިންގަމުންދާކަން ފާހަގަކުރައްވައި، އިތުރު މަޝްރޫއުތަކެއް ހިންގެވުމަށް ވެސް ވައުދުވެވަޑައިގަތެވެ.

ވޮލީ ކޯޓަކާއި އިންޑޯ ފުޓްސަލް އެރީނާއެއް ހެދުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

- ބަނދަރު އަޕްގްރޭޑް ކުރުން

- މަގު ހެދުން

- ފެން ހިންދާ ނިޒާމް ގާއިމްކުރުން

- ސިއްހީ މަރުކަޒު 24 ގަޑިއިރު ކުރުން

- ލެބޯޓްރީއެއް ގާއިމްކުރުން

މާޅެންދޫ ހިމެނޭ ގޮތަށް މުޅި ނ. އަތޮޅުން އެމަނިކުފާނަށް ބޮޑު މެޖޯރިޓީއެއް ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެންމެ ބޮޑު ތާއިދެއް އިންތިހާބުގައި ލިބޭނީ ނ. އަތޮޅުކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ރެކޯޑް އަދަދަކަށް މި އަތޮޅުން އަޅުގަނޑުމެންނާ އެކު ތިބޭނެކަން ޔަގީން. އެންމެ ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ އަތޮޅަކަށް ނ. އަތޮޅު ވާނެ،" ރައީސް ވިދާޅުވި އެވެ.