ރައީސް ވަޑައިގަންނަވާއިރު ގަލާއި ވެލި އުކަން ފުރުސަތު ދޭކަށް ނުޖެހޭ: އިމްރާން
ރައީސް ވަޑައިގަންނަވާއިރު ގަލާއި ވެލި އުކަން ފުރުސަތު ދޭކަށް ނުޖެހޭ: އިމްރާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ރަށްރަށަށް ވަޑައިގެންނެވުމުން ގަލާއި ވެލި އުކުމުގެ ފުރުސަތު އިދިކޮޅު މީހުންނަށް ނުދެވޭނެ ކަމަށާއި އެ ފުރުސަތު ދޭން ވެސް ނުޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ވަޑައިގަންނަވާއިރު ގަލާއި ވެލި އުކަން ފުރުސަތު ދޭކަށް ނުޖެހޭ: އިމްރާން
ރައީސް ވަޑައިގަންނަވާއިރު ގަލާއި ވެލި އުކަން ފުރުސަތު ދޭކަށް ނުޖެހޭ: އިމްރާން

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް، ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިނަށް ގއ. ވިލިގިލީގައި ރޭ ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ ރައީސް ވަޑައިގެންނެވުމުން އެފަދަ ހުތުރު ކަންކަން ކުރާ މީހުން ފަހަތަށް ޖައްސަނީ ހަރުކަށި ވުމުން ނޫން ކަމަށާއި އެއީ ދައުލަތު ހަމަ ހިފަހައްޓަން ކަމަށެވެ.

ރައީސް ވަޑައިގަންނަވާއިރު ގަލާއި ވެލި އުކަން ފުރުސަތު ދޭކަށް ނުޖެހޭ: އިމްރާން
ރައީސް ވަޑައިގަންނަވާއިރު ގަލާއި ވެލި އުކަން ފުރުސަތު ދޭކަށް ނުޖެހޭ: އިމްރާން

"ރައީސް ވަޑައިގަންނަވާއިރު ގާ އުކާކަށް ވެލި އުކާކަށް އެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން. ދޭކަށް ނުވެސް ޖެހޭ. ދުރަށް ޖައްސާލީމަކާ އެއީ އަޅުގަނޑުމެން ހަރުކަށި ވަނީކީ ނޫން. އެއީ ދައުލަތެއްގެ ހަމަ ހިފަހައްޓަނީ، ދައުލަތެއްގެ ނިޒާމު ހިފަހައްޓަނީ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން އިޝާރާތް ކުރެއްވީ އިއްޔެ ހަވީރު ވިލިނގިއްޔަށް ރައީސް ވަޑައިގެންނެވުމާ ދިމާކޮށް އިދިކޮޅުން ކުރި އިހުތިޖާޖުގެ ތެރެއިން ހިނގި ހަމަނުޖެހުމަށެވެ. އިދިކޮޅުގެ އެއްވުން ފުލުހުން ހުއްޓުވަން މަސައްކަތް ކުރުމުން ބައެއް މީހުން ވަނީ ފުލުހުންނާ ދިމާލަށް އެއްޗެހި އުކައި ކުރިމަތިލުމަކަށް ގޮސްފަ އެވެ.

އިމްރާން ވަނީ އެފަދަ ކަންކަން ކުރުމުގެ ބަދަލުގައި އިންތިޒާމުވެގެން ހިންގާ ރީތި ކެމްޕެއިނެއް ކުރުމަށް އިދިކޮޅު ޕާޓީތަކަށް ގޮވާލައްވައިފަ އެވެ.

"އަޅުގަނޑުމެން ދޭނަމޭ ކެމްޕެއިން ކުރުމުގެ ފުރުސަތު ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ގޮތުގައި، އެންމެންނަށް އެ ފުރުސަތު ފަހިކޮށްދޭނަން، އެންމެންނަށް އެޖާގަ ދޭނަން. [އިދިކޮޅުން] ކެމްޕެއިން ކުރައްވައިގެން ރަނގަޅު ނަމޫނާ ދައްކައިގެން އިންތިހާބުގައި ކާމިޔާބުވާ ގޮތަށް ދިޔައީމާ ދާނީ ރަނގަޅަށް،" އިމްރާން ވިދާޅުވި އެވެ.

ރައީސް ރަށްރަށަށް ވަޑައިގެންނެވުމުން އިދިކޮޅުން "ހުތުރު ބަސް ބޭނުންކޮށް ރަނގަޅުނޫން ކަންތައްތައް" ހިންގަނީ ކިހިނެއްކަން އެނގޭ ކަމަށާއި އެ ކަމުގައި އަބަދުވެސް ގޯސް ވާނީ ނިކަމެތި ރައްޔިތުން ކަމުގައި އިމްރާން ވިދާޅުވި އެވެ. އިމްރާން ވިދާޅުވީ އެކަންކަން ރާވައި ހިންގާ ސިޔާސީ "ބޮޑެތި މީހުން" ތިބޭނީ ފިނި ކޮޓަރީގައި ކަމަށެވެ.

"މިކަން ކުރަނީ ކުދިން ލައްވާ، ނިކަމެތި ރައްޔިތުން ލައްވާ، ވިޔާނުދާ ކަންތައް ކުރުމުގެ ވިސްނުމެއް ހުންނަ ބައެއް ސިޔާސީ ލީޑަރުން، ހާލުގައި ޖެހިގެން ޖަލަށް ދާނީ ނިކަމެތި ރައްޔިތުން، ހުކުމެއް އަންނާނީ އާދައިގެ އާއިލާއެއްގެ ކުއްޖަކަށް، އެ ބޭފުޅުން ތިއްބަވާނީ ފިނި ކޮޓަރީގައި، އެ ބޭފުޅުން ނުނިކުންނަވާނެ ތަންތަނަކަށް، އެ ބޭފުޅުން ތިއްބަވާނީ ކުދިން ނެރެފައި މަންޒަރު ބަލަން،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅުން ކުރާ މުޒާހަރާތަކާ ގުޅިގެން އިމްރާން މީގެ ކުރިން ވެސް ވަރުގަދަ އިންޒާރެއް ދެއްވި އެވެ. މ. ދިއްގަރުގައި މިދިޔަ މަހު ބޭއްވި ޖަލްސާގައި އޭނާ ވަނީ އިދިކޮޅުން އެއްވެސް ޕާޓީއަކުން "ތިޔަ ސަކަރާތް ޖައްސަވަން ނުހަދާށޭ" ވިދާޅުވެފަ އެވެ.

"ތި ސަކަރާތް ޖަހަން ހައްދަވައިފިއްޔާ އަޅުގަނޑުމެން މާ ވަރުގަދަވާނެ، މިއަދު އެކަން ނިންމާލައްވާ. ހުރިހާ ބޭފުޅުން ނިންމާލައްވާ. ހުރިހާ ޕާޓީތަކުން ނިންމާލައްވާ. އެކަން އެގޮތަށް ކުރަން ބޭނުން ނަމަ ދެން ވެސް އެކަން ކުރަން މާ މޮޅު ޓީމެއް ރައީސާއެކު އެބަ އޮތް. އަޅުގަނޑުމެން މާ ބާރަށް މުޒާހަރާ ކުރާނަން އިނގޭތޯ. މާއަޑުގަދަ ވާނެ، މުޒާހަރާ ކުރާނެ،" އިމްރާން އެ ދުވަހު ވިދާޅުވި އެވެ.

އިއްޔެ ވިލިނގިލީގައި ހިނގި ހަމަނުޖެހުމުގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެ ކުރިން ވެސް ރައީސް ވަޑައިގެން ބައެއް ރަށްރަށުން ހަމަނުޖެހުން ހިންގުމާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށްފައިވެ އެވެ. މިދިޔަ މަހުގެ ފަހުކޮޅު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ވެސް އާންމުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި އެވެ. އެ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ވަނީ އިދިކޮޅަށް ވަރުގަދަ އިންޒާރެއް ދެއްވައިފަ އެވެ.

"އަޅުގަނޑުމެންގެ ކެމްޕެއިނަށް އެ ގޮތަށް ތާ އަބަދު ހުރަސް އަޅާ ކަމަށް ވަންޏާމު ދިވެހިރާއްޖޭގެ އެއްވެސް ރަށެެއްގައި ވެސް އެ ބޭފުޅުންނަކަށް ކެމްޕެއިނެއް ނުކުރެއްވޭނެ. އެހެންވީމާ އެކަން ހުއްޓާލަން މިހާރުން މިހާރަށް މި ގޮވާލަނީ،" ރައީސް ހިތްތިރި ވިޔަސް ދެން ތިއްބެވި ބޭފުޅުން އެ ފަދައިން ނުވާނެ ކަމަށް ވިދާޅުވެ ފައްޔާޒް ވިދާޅުވި އެވެ.