ޖަލަށްލި ސިޔާސީ ބޭފުޅުން ރިޔާސީ އިންތިހާބަށް؛ ރައީސް ވިދާޅުވީ ތަފާތަކީ މިއީ ކަމަށް!

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މި އަހަރުގެ ރިޔާސީ އިންތިހާބުގެ އެންމެ ބޮޑު އެއް ތަފާތަކީ، ސަރުކާރުގެ ނުފޫޒުން އޭރު ބަންދުގައި ތިބި ސިޔާސީ ލީޑަރުންނަށް މިނިވަންކަމާ އެކު ވާދަކުރުމުގެ ފުރުސަތު މިހާރު އޮތުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ

ޖަލަށްލި ސިޔާސީ ބޭފުޅުން ރިޔާސީ އިންތިހާބަށް؛ ރައީސް ވިދާޅުވީ ތަފާތަކީ މިއީ ކަމަށް!
ޖަލަށްލި ސިޔާސީ ބޭފުޅުން ރިޔާސީ އިންތިހާބަށް؛ ރައީސް ވިދާޅުވީ ތަފާތަކީ މިއީ ކަމަށް!

ގއ. ވިލިނގިލީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވި އިރު، އޭރު އިދިކޮޅުގައި ތިބި ގިނަ ސިޔާސީ ލީޑަރުން ތިބީ ޖަލު ބަންދުގައި ނުވަތަ އަމިއްލަފުޅަށް އަރުވާލެވިގެން ގައުމުން ބޭރުގައި ކަމަށެވެ. އެ އަހަރު ރިޔާސީ ކެމްޕެއިނުގައި ވިލިނގިއްޔަށް ވަޑައިގެންއިރު، އެ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވެސް ހުންނެވީ ޖަލުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

ޖަލަށްލި ސިޔާސީ ބޭފުޅުން ރިޔާސީ އިންތިހާބަށް؛ ރައީސް ވިދާޅުވީ ތަފާތަކީ މިއީ ކަމަށް!
ޖަލަށްލި ސިޔާސީ ބޭފުޅުން ރިޔާސީ އިންތިހާބަށް؛ ރައީސް ވިދާޅުވީ ތަފާތަކީ މިއީ ކަމަށް!

"ވިލިނގިއްޔަށް އައި އިރު، މެމްބަރު ސައުދު ހުންނެވީ ޖަލުގައި. ޝެއިހް އިމްރާން އިނީ ޖަލުގައިި، ސިޔާސީ އެތައް ލީޑަރުންނެއް ތިބީ ޖަލުގައި،" ރައީސް ވިދާޅުވި އެވެ.

ޖަލަށްލި ސިޔާސީ ބޭފުޅުން ރިޔާސީ އިންތިހާބަށް؛ ރައީސް ވިދާޅުވީ ތަފާތަކީ މިއީ ކަމަށް!
ޖަލަށްލި ސިޔާސީ ބޭފުޅުން ރިޔާސީ އިންތިހާބަށް؛ ރައީސް ވިދާޅުވީ ތަފާތަކީ މިއީ ކަމަށް!

ރައީސް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އަށް ބޭފުޅަކު ކުރިމަތިލެއްވި އިރު، އެ މަނިކުފާނާ އެކު އޭގެ ތެރެއިން ތިން ބޭފުޅަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލަށް ލި ކަމަށެވެ. ނަމަވެސް، މިއަދު އެ ހުރިހާ ބޭފުޅުންނަށް މިނިވަންކަމާ އެކު ވާދަކުރެއްވުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

ޖަލަށްލި ސިޔާސީ ބޭފުޅުން ރިޔާސީ އިންތިހާބަށް؛ ރައީސް ވިދާޅުވީ ތަފާތަކީ މިއީ ކަމަށް!
ޖަލަށްލި ސިޔާސީ ބޭފުޅުން ރިޔާސީ އިންތިހާބަށް؛ ރައީސް ވިދާޅުވީ ތަފާތަކީ މިއީ ކަމަށް!

ރައީސް އިޝާރާތްކުރެއްވި ތިން ބޭފުޅުންނަކީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަދި އަމިއްލަ ގޮތުން ކުރިމަތިލެއްވި ފާރިސް މައުމޫނެވެ.

ޖަލަށްލި ސިޔާސީ ބޭފުޅުން ރިޔާސީ އިންތިހާބަށް؛ ރައީސް ވިދާޅުވީ ތަފާތަކީ މިއީ ކަމަށް!
ޖަލަށްލި ސިޔާސީ ބޭފުޅުން ރިޔާސީ އިންތިހާބަށް؛ ރައީސް ވިދާޅުވީ ތަފާތަކީ މިއީ ކަމަށް!

"މިއަދު އެ ހަތަރު މީހުން، އަޅުގަނޑުމެން ހަަތަރު މީހުން އެކުގައި މި ކުރިމަތިލަނީ މިނިވަންކަމާ އެކީގައި. ތަފާތަކީ މިއީ."

ޖަލަށްލި ސިޔާސީ ބޭފުޅުން ރިޔާސީ އިންތިހާބަށް؛ ރައީސް ވިދާޅުވީ ތަފާތަކީ މިއީ ކަމަށް!
ޖަލަށްލި ސިޔާސީ ބޭފުޅުން ރިޔާސީ އިންތިހާބަށް؛ ރައީސް ވިދާޅުވީ ތަފާތަކީ މިއީ ކަމަށް!

"އެ ދުވަހު ކާނަލް ނާޒިމް ހުންނެވީ ހުކުމެއްގައި ޖަލުގައި. ފާރިޝް އާއި އަޅުގަނޑާއި އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޕޮލިސް ކޮމިޝަނަރާއި މެމްބަރު އިލްހާމާއި މެމްބަރު ރިޔާޒާއި ސިއާދު ގާސިމާއި މިހެން ގޮސް ބޮޑު ލިސްޓެއް އެކީގައި ބަރިއަކަށް ކުޑަ ގޮޅި ތެރޭގައި އަޅުގަނޑުމެން ތިބީ،" ރައީސް ވިދާޅުވި އެވެ.

ޖަލަށްލި ސިޔާސީ ބޭފުޅުން ރިޔާސީ އިންތިހާބަށް؛ ރައީސް ވިދާޅުވީ ތަފާތަކީ މިއީ ކަމަށް!
ޖަލަށްލި ސިޔާސީ ބޭފުޅުން ރިޔާސީ އިންތިހާބަށް؛ ރައީސް ވިދާޅުވީ ތަފާތަކީ މިއީ ކަމަށް!

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދަށް އިޝާރަތްކުރައްވައި ރައީސް ވިދާޅުވީ 2018 ގެ ކުރިން ރާއްޖޭގައި ވެރިކަން ކުރައްވައި، އޭރު ދުނިޔޭގައި ހުންނެވި ރައީސަކު ވިއްޔާ ވެސް އޭރު ހުރީ ބަންދެއްގައި ކަމަށެވެ.

ނަމަވެސް މިއަދު އަސާސީ ހައްގުތަކާއި މިނިވަންކަން ފުރިހަމައަށް އެންމެނަށް ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭރު ފުރުސަތު ގެއްލުނު ސިޔާސީ ބޭފުޅުން މި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާއިރު، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށާ އެކު އައި 11 އަހަރުގެ ޖަލު ހުކުމާ އެކު މިފަހަރުގެ އިންތިހާބުން ވަނީ ފުރުސަތު ގެއްލިވަޑައިގެންފަ އެވެ. އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ޔާމީންގެ ނަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކެންޑިޑެސީ ބަލައެއް ނުގަތެވެ. އެހެންވެ ސުޕްރީމް ކޯޓުގެ އެ ނިންމުން އިސްތިއުނާފްކުރުމުން ވެސް ނިންމީ އިލެކްޝަންސްގެ ނިންމުން ރަނގަޅު ކަމަށެވެ.