ސިޔާސީ ސަމާލުކަން ހޯދަން އަވަގުރާނަ ވެސް އާދައިގެ ކަމަކަށް!
ސިޔާސީ ސަމާލުކަން ހޯދަން އަވަގުރާނަ ވެސް އާދައިގެ ކަމަކަށް!

ސިޔާސީ ޕޯޑިއަމްތަކުގައި ސަމާލުކަން ހޯދައި މޮޅު ވާހަކަ ދައްކާ މީހެއް ކަމަށް ދެއްކުމަށް ކިޔޭ ނުކިޔޭ ނޭނގޭ ހިސާބަށް ދިއުމަކީ އާންމު ކަމެކެވެ. އެ ފޯރީގައި އަވަގުރާނަ ވެސް ގޮވަނީ އެވެ. މިހާރު ވެސް މި އުޅެނީ ވަރަށް ހުތުރު އަވަގުރާނައެއް ގޮވައިގެންނެވެ. ފާޑުކިޔަން ފެށުމުން ނަމެއްގައި މާފަށް އެދުނީ ވެސް ދެއްކި ވާހަކަ ދިފާއުކޮށްފަ އެވެ؛

ސިޔާސީ ސަމާލުކަން ހޯދަން އަވަގުރާނަ ވެސް އާދައިގެ ކަމަކަށް!
ސިޔާސީ ސަމާލުކަން ހޯދަން އަވަގުރާނަ ވެސް އާދައިގެ ކަމަކަށް!

އަހަރެން މާނަކުރީ މިގޮތަށޭ، އެހެން މީހުން ނުބައި މާނަ ނެގީއޭ ބުނާ ގޮތަށެވެ. އެކަމަކު ގޮވި އަވަގުރާނަ އަކީ އިތުރު މާނައެއް ކުރަންޖެހޭ ވަރަށް ވުރެ، އެންމެން ދަންނަ ހުތުރުކަން ބޮޑު އިބާރާތެކެވެ.

ސިޔާސީ ސަމާލުކަން ހޯދަން އަވަގުރާނަ ވެސް އާދައިގެ ކަމަކަށް!
ސިޔާސީ ސަމާލުކަން ހޯދަން އަވަގުރާނަ ވެސް އާދައިގެ ކަމަކަށް!

މިހެން އަވަގުރާނަ ގޮވުމަކީ އަލަށް ވެގެން އުޅޭ ކަމެއް ނޫންކަން ވެސް އެނގެ އެވެ. އެކަމަކު މިއީ އާދައިގެ ކަމަކަށްވެ އެ މީހަކު ހިތަށް އެރި އެއްޗެއް ސިޔާސީ ޕޯޑިއަމްތަކުގައި ގޮވަން ފަށާ ހިސާބަށް މިހާރު ދަނީ އެވެ. މިދިޔަ އަހަރު އޮތް ބައި އިލެކްޝަނެއްގެ ކެމްޕޭނުގައި ވެސް ވަރަށް ހުތުރު އަވަގުރާއެއް ސިޔާސީ ޕޯޑިއަމެއްގައި ގޮވި އެވެ. އެ އަވަގުރާނައިގެ ދިފާއުގައި "ރުޅި އަރުވަންޏާ ނުބުނަން ހުންނަ އެއްޗިހި ވެސް ބުނެވޭނެ" ކަމަށެވެ.

ސިޔާސީ ސަމާލުކަން ހޯދަން އަވަގުރާނަ ވެސް އާދައިގެ ކަމަކަށް!
ސިޔާސީ ސަމާލުކަން ހޯދަން އަވަގުރާނަ ވެސް އާދައިގެ ކަމަކަށް!

ސިޔާސީ ޕޯޑިއަމްތަކުގައި ސިޔާސަތުތަކުގެ ވާހަކަ ދައްކައި އެއް ސިޔާސަތާއި އަނެއް ސިޔާސަތު އަޅާކިޔައި ރައްޔިތުންނަށް ކަންކަން ސާފުކޮށްދޭން މަސައްކަތްކުރުމުގެ ބަދަލުގައި އަވަގުރާނަ އާއި ބޭއަދަބީ ބަސްތަކުން ނޫނީ އޯޑިއަންސްގެ ސަމާލުކަން ހޯދަން ނޭނގިގެން އުޅެނީއޭ ހީވާ ހިސާބަށް ވަނީ ގޮސްފަ އެވެ.

ގައުމީ ޔުނިވަސިޓީގެ ލެކްޗަރާއެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި، މިހާރު އަދާކުރާ މަގާމުގެ ހައިސިއްޔަތުން ނަން ހާމަކުރަން ބޭނުން ނުވާ ބޭފުޅަކު ވިދާޅުވީ ޕޯޑިއަމްތަކުގައި ވާހަކަ ދެއްކުމުގައި ސިޔާސީ ބޭފުޅުން ނަމުނާ ދައްކަވަން ޖެހޭއިރު ފެންނަނީ ކަންބޮޑުވާންޖެހޭ ކަންތައްތައް ކަމަށެވެ.

"ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދީފައި ދެން އެއާ ވިދިގެން ގާނޫނާއި ގަވާއިދުތައް ހަދަނީ އެކަންކަމުގައި ނޯމްސްތަކެއް ހިފަހައްޓަން. ގާނޫނާއި ގަވާއިދު ހަދަން ތިބެނީ ސިޔާސީ ފަރާތްތަކުން. އެހެންވީމާ އެބަ ޖެހޭތާ އެފަރާތްތަކުން އާންމުންނަށް ވަކިން ބޮޑު ނަމޫނާއެއް ދައްކަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭޝިއާގެ އެންމެ ކުރިއަރައިފައިވާ އެއް ގައުމު، ސިންގަޕޫރުގައި އާންމު މިންގަޑާ ސިޔާސީ މީހަކު ހިލާފުވިޔަސް އެމީހަކަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަ ކަމަށެވެ.

"އަދި އެ ގައުމުގައި އެކަންކަން ތަންފީޒު ވެސް ކުރޭ." އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ވެސް އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފް އަމަލުތަކާއި ހުތުރު ބަހުން ވާހަކަ ދެއްކުން ފަދަ ކަންކަން ކުށުގެ ގޮތުގައި ބަލައި ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ނިޒާމުތައް އެބަހުއްޓެވެ. އެކަމަކު އެ ވެފައިވަނީ ބޭކާރު ގާނޫނުތަކަށެވެ.

އިސްލާމިކް ޔުނިވަސިޓީގެ އިސް މަގާމެއް އަދާކުރައްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ސިޔާސީ ޕޯޑިއަމްތައް ވާންޖެހޭނީ ގައުމުގެ ސިޔާސަތު ކިޔައިދޭ ޕޯޑިއަމްތަކަކަށެވެ. ނަމަވެސް އޭގެ ބަދަލުގައި އަހްލާގީ ގޮތުން ދަށު ދަރަޖައިގެ ވާހަކަތައް ސިޔާސީ ޕޯޑިއަމްތަކުން އިއްވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރި އެވެ.

ގައުމީ ޔުނިވަސިޓީގެ ޕޮލިޓިކަލް ސައިންސް ޑިޕާޓްމެންޓްގެ އެސިސްޓެންޓް ޕްރޮފެސާ ޑރ. އަލީ ޝަމީމު ވިދާޅުވީ އާންމުން ކައްކާލާ އެއްޗަކަށް ބޭއަދަބީ ލަފުޒުތަކާއި ދެ މާނަ އެކުލެވޭ ބަސްތައް ނުހަދައި ޕަބްލިކްގެ ސަމާލުކަން ދަމައިގަނެވޭ ބަޔަކަށް ސިޔާސީ ފަރާތްތައް ވާނެ ޖެހޭނެ ކަމަށެވެ. ސިޔާސީ ޕާޓީތައް އުފެއްދި ހިސާބުން ޑިމޮކްރަސީއާ އެކު މިކަން އޮންނަން ޖެހޭނީ އެހެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ވެސް ވަރަށް ބޮޑަށް ފާހަގަ ކުރެވޭ މިފަހަކަށް އައިސް ތިފަދަ ވާހަކަތައް ސިޔާސީ ޕޯޑިއަމްތަކުން އާންމު ވެގެން އުޅޭކަން. އަޅުގަނޑަށް ހީވަނީ އެގޮތަށް އެ ހަދަނީ ސަމާލުކަން ދަމައިގަނެ ހެޑްލައިނެއް ހޯދުމަށޭ. ސިޔާސީ ބަހުރުވައިގެ ތެރޭގައިި ރަނގަޅު ލަފުޒުތަކެއް ވެސް ތައާރަފުވެގެން އައި. އެކަމަކު ދެމާނަ ދޭހަވާ ލަފުތައް ބޭނުންނުކޮށް ވެސް ސިޔާސީ ވާހަކަ ދެެކެވެން ޖެހޭނެ،" ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަން ވެސް ކުރިން ކުރެއްވި ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުން ސިޔާސަތަކީ ފަންނެކެވެ. އެއީ ދަސްކޮށް އުނގެނެން ޖެހޭ އިލްމެކެވެ.

ވާހަކަ ދެއްކުމުގެ ކޯސްތަކުގެ ކަރިކިއުލަމް ތައްޔާރުކޮށް އެ ކޯސްތަކުގައި ކިޔަވައިދޭ، އަދަބީ ލިޔުންތެރިޔާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ގައުމެއް ރަނގަޅުކުރަން އެދޭ ނަމަ ގައުމަށް ވެސް ދައްކަން ޖެހޭނީ ރީތި މިސާލުތައް ކަމަށެވެ.

"އަޅުގަނޑުމެން ދަނޑެއްގެ މޭވާ ރަނގަޅުކުރާން ބޭނުން ނަމަ އެ ދަނޑަކަށް ހަ ފަރާތުން ފޯރާ އަސަރު ރަނގަޅު ކުރަމު. ވެހޭ ފެނާއި ނެގޭފެން، ޖެހޭވައިގެ ސާފުކަން، އަޅާ ކާނާ. އަޅުގަނޑުމެން ރިސޯޓެއްގެ މަންފާ ރަނގަޅުކުރަން ބޭނުން ނަމަ އެތަނެއްގެ ވެށި ރީތިކުރަމު، ފެހިކުރަމު," ލިޔުންކޮޅަކުން ނަސީރު ފޮނުވި މެސެޖުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުޅެނީ ގައުމެއް ރަނގަޅުކުރަން، އިސްލާހުކުރަން ބޭނުންވެގެން ނަމަ ދަނޑަށް ރަނގަޅު ފެން އެޅި ފަދައިން ރިސޯޓަށް ރީތި ވެއްޓެއް ދިން ފަދައިން ގައުމަށް ވެސް ދޭން އޮތީ ހެޔޮކަމާއި ރީތިކަން."

ޕަބްލިކް ސްޕީކިން ކޯސްތަކުގައި ކިޔަވައިދެއްވާ ހޯރަފުށީ މުހައްމަދު ސަލީމް ވަނީ މިފަހުން ސިޔާސީ ޕޯޑިއަމްތަކުން ބޭއަދަބީ ވާހަކަތައް އިވެން ފެށުމުން ސޯޝަލް މީޑިއާގައި އެކަމަށް އިޝާރާތްކުރައްވައި، ޅެމަކުން ރައްދު ދެއްވައިފަ އެވެ.

"ގޮވޭނުގޮވޭ، ކިޔޭނުކިޔޭ" އެއްޗެއް ނޭނގޭ ހިސާބަށް ޕޯޑިއަމްތަކުގައި ވާހަކަ ދައްކާ މީހުންގެ ހާލަތު ހިނގައްޖެ ކަމަށެވެ.

"ގޮވޭ ނުގޮވޭ ކިޔޭ ނުކިޔޭ، ފަހުމްނުމެވާއެ ރުޅިއެއްގައި،

އަޅޭ މީހަކު މިތާ ބޮއިފައި، އެ ހުރި ފެންތަށި ބޮމުން ގެންދޭ"

މައްސަލައާ ބެހޭގޮތުން ވާހަކަ ދެއްކެވި އެހެން ބޭފުޅަކު ވިދާޅުވީ ސިޔާސީ ޕޯޑިއަމްތަކުން ރައްޔިތުންނަށް ފައިދާވާ ސިޔާސަތުތަކާ ބެހޭގޮތުން ދައްކާ ވާހަކަތައް ވެސް، އެ ޕޯޑިއަމްތަކަށް އަރައި ހުތުރު ވާހަކަ ދައްކާ މީހުންގެ ސަބަބުން ފަނޑުވެގެންދާ ކަމަށެވެ. ހެޔޮ ވާހަކަ ދެއްކި މީހުންގެ ވާހަކަތަކުގެ މައްޗަށް ހުތުރު ބަސްތަކުން ހިޔަނިއެޅި ފޮރުވެނީ އެވެ.