ރައީސްގެ ދަތުރާ ދިމާކޮށް ވިލިނގިލީގައި ހަމަނުޖެހުން ހިނގައި 3 މީހަކު ހައްޔަރުކޮށްފި
ރައީސްގެ ދަތުރާ ދިމާކޮށް ވިލިނގިލީގައި ހަމަނުޖެހުން ހިނގައި 3 މީހަކު ހައްޔަރުކޮށްފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވަދޫ އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅު ވިލިނގިއްޔަށް ވަޑައިގަންނަވާތީ، އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލަން އެއްވެ ތިބި އެ ރަށުގެ އިދިކޮޅު ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ރައީސްގެ ދަތުރާ ދިމާކޮށް ވިލިނގިލީގައި ހަމަނުޖެހުން ހިނގައި 3 މީހަކު ހައްޔަރުކޮށްފި
ރައީސްގެ ދަތުރާ ދިމާކޮށް ވިލިނގިލީގައި ހަމަނުޖެހުން ހިނގައި 3 މީހަކު ހައްޔަރުކޮށްފި

މިއަދު ހަވީރު ރައީސް އެ ރަށަށް ވަޑައިގެންނެވުމުގެ ކުރިން، އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލަން ގިނަ އަދަދެއްގެ ޕީޕީއެމް ސަޕޯޓަރުން އެ ރަށުގެ ހުޅަނގު ފަރާތު ބަނދަރު މައްޗަށް އެއްވެ ތިއްބެވެ.

ރައީސްގެ ދަތުރާ ދިމާކޮށް ވިލިނގިލީގައި ހަމަނުޖެހުން ހިނގައި 3 މީހަކު ހައްޔަރުކޮށްފި
ރައީސްގެ ދަތުރާ ދިމާކޮށް ވިލިނގިލީގައި ހަމަނުޖެހުން ހިނގައި 3 މީހަކު ހައްޔަރުކޮށްފި

ރައީސް ވަޑައިގެންނެވުމުގެ ކުޑަވަގުތު ކޮޅެއްގެ ކުރިން، ފުލުހުން ދަމާފައިވާ ޓޭޕުތައް ކަނޑާލައި، ކުރިއަށް ޖެހެން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެ މީހުން ފަހަތަށް ޖައްސައިފަ އެވެ.

ފަހަތަށް ޖެއްސުމުގެ ތެރެއިބް ސަޕޯޓަރުންގެ ތެރެއިން ބަޔަކު ވަނީ ފުލުހުންނާ ދިމާއަށް ގާ އުކައި ހަމަނުޖެހުން ހިންގައިފަ އެވެ. އެ ހަމަނުޖެހުމުގެ ތެރެއިން އެ ތަނުގައި ސްޕީކަރުތައް ބަހައްޓާފައިހުރި ލޮރީއެއްގެ ތެރެއިން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އިދިކޮޅު ސަޕޯޓަރުން ރައީސް އާ ދެކޮޅަށް އަޑުއުފުލަމުން ގެންދިޔައިރު، އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު މައްޗަށް އެއްވެ ތިއްބެވެ.

ރައީސް ހުވަދޫގެ ރަށްތަކަށް ކެމްޕެއިން ދަތުރުފުޅު ކުރައްވާއިރު ބައެއް ރަށްތަކުގައި އިދިކޮޅުން ވަނީ މުޒާހަރާކޮށްފަ އެވެ. އަދި ގދ. މަޑަވެލީގައި އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާއަށް ބާއްވަން އޮތް ތަނުގައި ބަޔަކު ހުޅުޖަހައި ގެއްލުން ވެސް ދިނެވެ.