10 އޯގަސްޓް 2023 - 12:52

ކުޑަކުދިންގެ މެދުގައި މަގުބޫލު ޑިޒްނީގެ ގިނަ ގޭމުތަކެއް ހިމަނައި އުރީދޫ ނޭޝަން ގޭމްސް ކްލަބް ވަނީ ތައާރަފްކޮށްފަ އެވެ.
ޑިޒްނީގެ ކާޓޫނުތަކަކީ ރާއްޖޭގައި ކުޑަކުދިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކާޓޫންތަކެކެވެ. މި ކްލަބުގައި އެ ކާޓޫންތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ގިނަ ގޭމުތައް ކުޅެވޭނެ އެވެ.
މި ކްލަބަށް ސަބްސްކްރިބްކޮށްގެން 100 އަށް ވުރެ ގިނަ ގޭމު ކުޅެވޭނެ އެވެ. ގޭމު ކުޅުމަށް ޑެއިލީ، ވީކްލީ ނުވަތަ މަންތުލީ ސަބްސްކްރިޕްޝަނެއް ހިޔާރުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ އެވެ.
- ޑެއިލީ ސަބްސްކްރިޕްޝަން: 24 ގަޑިއިރަށް 2ރ.
- ވީކްލީ ސަބްސްކްރިޕްޝަން: ހަތް ދުވަހަށް 10ރ.
- މަންތުލީ ސަބްސްކްރިޕްޝަން: 30 ދުވަހަށް 20ރ.
ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ސަބްސްކްރިޕްޝަން ފީ ދެއްކޭނެ އެވެ. އަދި ސަބްސްކްރިޕްޝަން ފީ ޕޯސްޓްޕެއިޑް ބިލަށްވެސް އެއްކޮށްލެވޭނެ އެވެ.
މި ޕެލެޓްފޯމަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް އޮޓޯއިން ސަބްސްކްރިޕްޝަން އާ ކުރުމުގެ އިހުތިޔާރު ވެސް ލިބޭނެ އެވެ.
މި ކްލަބަކީ ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމްތަކާ ދިވެހި މުޖުތަމައު ގުޅާލުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އުރީދޫ ނޭޝަނަށް ތައާރަފް ކުރި ކްލަބެކެވެ. މި ކްލަބް ތައާރަފް ކޮށްފައި ވަނީ އުރީދޫގެ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.